ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޢަލީ ނަޝާޠު އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނަށް ނާއިބު ރައީސަކު ޢައްޔަން ކުރެއްވުން.
2024 މާރިޗު 12 ވީ އަންގާރަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ގެ މަޤާމުގައި ހުންނެވި، މާލެ، ގ.ގާކޮށި ފްލެޓް 111ބީ، އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، އއ. ފެރިދޫ، ހާލި، އަލްފާޟިލް ޢަލީ ނަޝާޠު، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ޢައްޔަނުކުރައްވާފައެވެ.
2. ގަވައިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން، މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ބޭފުޅަކު ކަނޑައެޅުއްވުމާ ގުޅޭ.
ގަވައިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން، މިއަދުން ފެށިގެން މީޑިއާއަށް މަޢުލޫމާތު ދެއްވާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ކަމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. ބަޖެޓުކުރެވިފައިވާ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން /-5,000 ރުފިޔާއަށްވުރެން ބޮޑު ޚަރަދުތަކާއި، ބަޖެޓް ކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނަށް ހުއްދައަށް އެދޭ ނަންބަރު: AA/01ފޯމުން، ކޮމިޝަންގެ މަސައްކަތްތައް ކުރާ ޢިމާރާތުގެ އެތެރޭގައި އުސްކޮށް ހުންނަ ތަންތަނަށް އަރާ އެތަންތަން ސާފުކުރުމަށާއި ސެކްޝަންތަކުގެ ހަރުކޮށްފައިވާ ފަންކާ އަދި އޭސީ ފަދަ ތަކެތި ސާފުކުުރުމަށް ބޭނުންވާ ހަރުގަނޑު ގަތުމުގެ ހުއްދައާގުޅޭ.
ބަޖެޓު ކުރެވިފައިވާ ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން -/5,000 (ފަސްހާސް) ރުފިޔާ އަށްވުރެން ބޮޑު ޚަރަދުތަކާއި، ބަޖެޓް ކުރެވިފައިނުވާ ހަރުމުދާ ގަތުމަށް ކޮމިޝަނަށް ހުއްދައަށް އެދި، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ހުށަހަޅާފައިވާ އެ ސެކްޝަނުގެ ނަންބަރު:AA/01ފޯމުގައި، ކޮމިޝަންގެ މަސައްކަތްތައް ކުރާ ޢިމާރާތުގެ އެތެރޭގައި އުސްކޮށް ހުންނަ ތަންތަނަށް އަރާ އެތަންތަން ސާފުކުރުމަށާއި ސެކްޝަންތަކުގެ ހަރުކޮށްފައިވާ ފަންކާ އަދި އޭސީ ފަދަ ތަކެތި ސާފުކުރުމަށް ހަރުގަނޑެއް ކޮމިޝަނަށް ބޭނުންވާކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން ހަރުގަނޑު ގަތުމަށްޓަކައި، ބަޖެޓުގެ ތެރެއިން -/3,000 (ތިންހާސް) ރުފިޔާ، ހަމަޖެއްސުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. އިޞްލާޙުކޮށްފައިވާ "އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" އަދި "ޓާސްކްފޯސް މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" ފާސްކުރެއްވުން.
"އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" އަދި "ޓާސްކްފޯސް މުވައްޒަފުން ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު" އިޞްލާޙު ކުރެއްވުމަށްފަހު ކޮމިޝަނުން ފާސް ކުރެއްވުމަށްޓަކައި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާތީ، ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވަން، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. 1445 ވަނަ އަހަރުގެ ރަމަޝާންމަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޝާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރުގެ ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، މި ދުވަސްތަކަކީ މި ކޮމިޝަނުގެ މުވައްޒަފުންނަށްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާ ދެއްވުމާ ގުޅޭ.
1445 ވަނަ އަހަރުގެ ރަމަޟާންމަހަށް ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޝާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރުގެ ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ނިންމަވާފައިވާތީ، ރަމަޝާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތައް ބަންދު ދުވަސްތަކެއްގައި ކޮމިޝަނުން ކަނޑައެޅުއްވުމުގެ ކުރީން، ޑިވިޜަންތަކާއި ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތަކާއި، އެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި ކުރިއަށް ތަރުތީބުކޮށްފައިވާ ގޮތުގެ އެސެސްމަންޓެއް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ތައްޔާރު ކުރެއްވުމަށްފަހު، 2024 މާރިޗު 20 ވާ ބުދަ ދުވަހު ބާއްވާ ކޮމިޝަނުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ޓާސްކްފޯސް މުވައްޒަފު، ޕްރޮކިއުމަންޓް ސެކްޝަނުގެ އޮފިސަރ މަރްޔަމް އީމާން ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ އެކަމާ ގުޅޭގޮތުން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަނުގެ ނަންބަރު:(MEMO)BB/2024/114 މެމޯއާއި، ޓާސްކްފޯސް މުވައްޒަފު، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެނިންގ ސެކްޝަނުގެ އޮފިސަރ ފާޠިމަތު ޔުމްނު ބިންތު މުޙައްމަދު ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ އެކަމާ ގުޅޭ.
(ހ.) ޓާސްކްފޯސް މުވައްޒަފު، ޕްރޮކިއުމަންޓް ސެކްޝަނުގެ އޮފިސަރ މަރްޔަމް އީމާން ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެ މުވައްޒަފުން ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް، ވަޒީފާއިން ވަކިކުރުމަށް، ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
(ށ.) ގަވައިދު ނަންބަރު R-2/2019 އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ގަވައިދުގެ 10.4 ގައި ކޮމިޝަނުގައި ވަގުތީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ކޮމިޝަނަށް ދޭންވާނޭ ކަމަށް ބަޔާންކޮށްފައިވާތީއާއި، ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) ފާޠިމަތު ޔުމްނު ބިންތު މުޙައްމަދަށް ދާއިމީ ވަޒީފާއެއް ހަމަޖެހުމާއި ގުޅިގެން، 7 ދުވަހުގެ ނޯޓިސް މުއްދަތުގެ ކުރިން ވަޒީފާއިން ވަކިވުމަށް އެދިފައިވާތީ، އެގޮތުގެމަތިން އެ މުއްދަތަށް އެ މުވައްޒަފުގެ މުސާރައާއި ޢިނާޔަތްތަކަށް ވާ ވާ ފައިސާ ޢަދަދު ކޮމިޝަނަށް ދެއްކުމަށްފަހު، 2024 މާރިޗު 10 ވަނަ ދުވަހުން ފެށިގެން އެ މުވައްޒަފު އެދިފައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. 2024 ފެބުރުއަރީ މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.
2024 ފެބުރުއަރީ މަހުގެ ޚަރަދު ރިޕޯޓާ ކޮމިޝަނާ ޙިއްޞާކުރެވިފައިވާ ކަމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
8. 2023 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭ.
2023 ވަނަ އަހަރުގެ މާލީ ބަޔާން ފައިނޭންސް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތިން ފާސްކުރައްވަން، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި ދަންނަވަމެވެ. މާލީ ބަޔާން ފޮނުވާން ހަމަޖެހިފައިވާ ތާރީޚް ކަމުގައިވާ 2024 މާރިޗު 31 ގެ ކުރީން، މާލީ ބަޔާނާ ގުޅިގެން ކޮމިޝަނުގެ މެންބަރުން އިތުރު ސުވާލެއް އޮތްކަމުގައިވާނަމަ އެ ސުވާލެއް ކުރައްވާނޭ ކަމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
9. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވުމަށް އިތުރަށް ބޭނުންވާނެ ބަޖެޓާ ގުޅޭ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އެޕްރީލް 21 ވާ އާދީއްތަ ދުވަހަށް ފަސްވުމާ ގުޅިގެން، އިތުރަށް ހިނގާނޭ ޚަރަދުތަކުގެ ގޮތުގައި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ބަޖެޓު ރިވައިޒް ކުރެއްވުމަށާއި، މިގޮތުން ބަޖެޓުގައި ހިމަނާންވީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި ކަރަންޓާއި ފެނާއި ކުއްޔަށް ޚަރަދުވާނެ ކަމަށް ލަފާކުރާ ޢަދަދުތަކާއި، ވޯޓުކަރުދާހުގެ ޓެމްޕްލޭޓަށް ތައްޔާރުކުރުމަށް ހިނގާނޭ ޚަރަދުތައް ކަމަށާއި، އަދި ބަޖެޓުގައި މިހާރު ބަޔާންކޮށްފައިވާ ވޯޓު ކަރުދާސް ޗާޕުކުރުމަށް ދާ ޚަރަދާއި، ޓެންޓު ޖެހުމަށް ހިނގާނޭ ޚަރަދާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އިމަރޖެންސީ ލައިޓް ގަތުމަށް ހިނގާނޭ ޚަރަދުތައް ބަޖެޓުން އުނި ކުރެއްވުމަށްފަހު ބަޖެޓު ފާސް ކުރެއްވުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
10. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޢާންމު ހޭލުންތެރިކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވިފައިވާ އެވެއަރނަސް ބުކްލެޓާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޢާންމު ހޭލުންތެރިކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވިފައިވާ އެވެއަރނަސް ބުކްލެޓަށް ގެނެވިފައިވާ ތިރީގައި މިދަންނަވާ އިސްލާޙުތަކާއެކު އެވެއަރނަސް ބުކްލެޓަ އިޞްލާޙުކޮށް ފާސްކުރެއްވުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
އެވެއަރނަސް ބުކްލެޓަށް ގެންނާންވީ އިސްލާޙުތައް
· ބުކްލެޓްގެ ފުޓަރ އިޞްލާޙުކުރުން.
· ބުކްލެޓް ޒަމާނީގޮތެއްގައި ފަރުމާކުރުން.
· ޞައްޙަ ވޯޓެއް ބަޔާންކުރުން. (ކަނޑައެޅިފައިވާ ގޮޅީގައި އެއް ހެޔޮ ފާހަގަ ޖަހާފައިވުން – ކުރެހެމުން)
· ވޯޓާއި ވޯޓު ކަރުދާސް ބާޠިލްވާނެ ހުރިހާ ޙާލަތްތަކެއް ބަޔާންކުރުން. (ބާޠިލްވާނެ ހުރިހާ ކަމެއް ބަޔާންކޮށްފައިއޮންނާތީވެ، މި ނޫން ހުރިހާ ކަރުދާހެއް އެއީ ޞައްޙަ ވާނޭ ކަރުދާސްކަމަށް)
· ބުކްލެޓްގައި ބަޔާންކޮށްފައިވާ ސައިމާ ޕާޓީއާއި ޑައިމަންޑް ޕާޓީތަކުގެ ނަންތައް ބަދަލުކުރުން.
· ވޯޓުލާ މަރުކަޒުގެ ކިއު-އާ ބެހޭގޮތުންނާއި، ކިއު ބަންދުވާ ޙާލަތްތައް ބަޔާންކުރުން.
· އިންތިޚާބާ ގުޅުންހުރި އެންމެ އަސާސީ މަޢުލޫމާތު ބަޔާންކުރުން.
· ބުކްލައިޓްގައި ހުރި ސައިޒާއި ޞަފްޙާތައް ރަނގަޅުކަމަށް.
11. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމް (ކޭ.ސީ.ސީ.ޕީ) ގައި ބައިވެރިވުމަށްއެދި ޚާރިޖީ ވުޒާރާއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ އެ ވުޒާރާގެ ނަންބަރު:25-ECD/38/2024/3 ސިޓީއާ ގުޅޭ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމް (ކޭ.ސީ.ސީ.ޕީ) ގައި ބައިވެރިވުމަށް އެދި ޚާރިޖީ ވުޒާރާއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ އެ ވުޒާރާގެ ނަންބަރު:25-ECD/38/2024/3 ސިޓީއާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ދެ މުވައްޒަފެއްގެ ނަން ޚާރިޖީ ވުޒާރާއަށް ފޮނުވުމަށްޓަކައި، ޚާރިޖީ ވުޒާރާގެ ނަންބަރު:25-ECD/38/2024/3 ސިޓީ އާއި އެހެނިހެން މަޢުލޫމާތު، ޢާންމު އިޢުލާނެއްގެ ގޮތުގައި ކޮމިޝަނުގެ ދާއިމީ މުވައްޒަފުންނަށް ޢާންމުކޮށް ހުޅުވާލުމަށާއި، މިގޮތުން ޝައުގުވެރިކަން ފާޅުކުރައްވާ މުވައްޒަފުންގެ ތެރެއިން މި ޕްރޮގްރާމަށް ޝަރުޠު ހަމަވާ ދެ މުވައްޒަފުންގެ ނަމާއި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތައް، އެޗް.އާރު ޕެނަލްގެ ލަފާގެ މަތީން ނޮމިނޭޓް ކުރެއްވުމަށްޓަކައި، ކޮމިޝަނަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
12. މޮރިޝިއަސްގައި 2024 އެޕްރީލް 24 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި، މެލޭޝިއަން ކޮމަންވެލްތް ސްޓަޑީސް ސެންޓަރ އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޚުޒައިމާ ތަޢުފީޤް ބައިވެރިވެ ވަޑައިގަތުމަށް، ކޮމިޝަނުގެ 811 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާ ކުރެއްވުމާގުޅޭ.
މޮރިޝިއަސްގައި 2024 އެޕްރީލް 24 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި، މެލޭޝިއަން ކޮމަންވެލްތް ސްޓަޑީސް ސެންޓަރ އިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ދަޢުވަތާ ގުޅިގެން، ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޚުޒައިމާ ތަޢުފީޤް ބައިވެރިވެ ވަޑައިގަތުމަށް، ކޮމިޝަނުގެ 811 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާތީ އާއި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އިންތިޚާބާ ގުޅިގެން ބޭއްވެވި 470 ވަނަ ޚާއްޞަ ޖަލްސާގައި ނިންމަވާފައިވާތީ، އިންތިޚާބުގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތުން އިސްވެ ދެންނެވުނު ތާރީޚްގައި ކޮމިޝަނުގެ ފަރާތުން އެއްވެސް ފަރާތެއް ބައިވެރިވެވަޑައި ނުގަންނަވާނޭ ކަމަށް، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.