ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާ އެވެ. 

ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ސަލާމުގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ބިލެތްދޫ ދާއިރާއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެތްދޫ ދާއިރާގެ ވަގުތީ ނަތީޖާއަށް ބަލާއިރު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަޙްމަދު ޙަލީމަށް އެދާއިރާގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ކުރި ހޯދާފައިވާ ކެންޑިޑޭޓާދެމެދު ހުރި ތަފާތަކީ 9 ވޯޓުގެ ފަރަގުކަމަށްވާތީއާއި، ބާޠިލު ވޯޓުގެ ޢަދަދަކީ 72 ވޯޓުކަމަށްވާތީއާއި އޭގެއިތުރުން އެ ދާއިރާގެ ވޯޓުފޮށިތައް ގުނަމުންދިޔައިރު ބާޠިލުކަމަށް ނިންމި ބައެއް ވޯޓުކަރުދާސްތަކުގެ ޝަކުވާ އެވަގުތު އެ ވޯޓުފޮށްޓާއި ޙަވާލުވެހުރި ވެރިޔާއާއި ކޮށްފައިވުމާއެކު، އެ ދާއިރާގެ ނަތީޖާއަށް ބަލާއިރު 2 ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގަކީ 9 ވޯޓުކަމަށްވެފައި ބާޠިލު ވޯޓުގެ ގޮތުގައި 72 ވާއިރު މި ނަތީޖާއަކީ އެ ދާއިރާގެ ޖުމުލަ ނަތީޖާއަށް ބަދަލު އައުމުގެ އިހްތިމާލު އޮތްކަމަށް ދެކިގެން ޤައުމީ ކޮޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާއަށް ބަލާއިރު، ހެކީގެ ގޮތުގައި މިމައްސަލައަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވުމާއި، ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން ބިލެތްދޫ ދާއިރާގެ ވޯޓުފޮށިތަކުގެ ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުތަކުގައި އެކަމާގުޅޭގޮތުން ޝަކުވާއެއް ހުށަހެޅިފައިވާކަމަށް ފެންނަންނެތުމާއިއެކު، މި ދާއިރާގެ ވޯޓުކަރުދާސް އަލުން ގުނަންޖެހޭ ޙާލަތެއް އޮތްކަމަށް ނުފެންނަކަމަށް އިންތިޚާބާ ގުޅިގެން ބޭއްވި 473 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ދަރުބާރުގެ - މެންބަރުންގެ މީޓިންގ ރޫމް
Time
Number
473

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ