ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ސަލާމުގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ޕީޕަލްސް ނެޝަނަލް ފްރަންޓް ރަޖިސްޓަރީ ކުރުމާއި ގުޅޭ.

ޕީޕަލްސް ނެޝަނަލް ފްރަންޓް ރަޖިސްޓަރީ ކުރުމާއި ގުޅޭގޮތުން، މއ.ކާމިނީގެ ޒޭން ޢަބްދުޔާމީނަށް މީގެކުރިން ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވުމާއެކު މިހާރު އެ ޕާޓީ ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅާފައިވާތީ، ޕާޓީ ރަޖިސްޓަރީ ކުރުމަށް ހުށަހެޅިފައިވާ ކަންތައްތަކުގެ ތެރޭގައި ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޒޭން ޢަބްދުޔާމީނަށް ހުއްދަދީފައިވާކަމުގެ ލިޔުން ޑޮކިއުމަންޓް 1 ގެ ގޮތުގައި އަދި ޑޮކިއުމަންޓް 2 ގެ ގޮތުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާކަމާއި، ޑޮކިއުމަންޓް 3 ގެ ގޮތުގައި ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާފައިވާކަމުގެ ލިޔުމާއި އަދި އެ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ފުރިހަމަކޮށްފައިވާތީ ދީފައިވާ ލިޔުމާއެކު ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށްފަހު ޕާޓީ ރަޖިސްޓަރީ ކުރުމަށް ސިޔާސީ ޕާޓީގެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ރަޖިސްޓަރީ ކުރަންއެދޭ ފޯމާއެކު މިކަމަށްއެދޭ ފީ -/10,000 (ދިހަހާސް ރުފިޔާ) ދައްކާފައިވާކަމާއި ޕާޓީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގެ ކޮޕީގައި މި ބައްދަލުވުމުގައި ބައިވެރިވި 300 މީހުންގެ ނަމާއި، އެޑްރެސް، އައިޑީކާޑު ނަންބަރާއި ފޯނު ނަންބަރު އޮތް ލިސްޓެއް ހިމަނައި، ޕާޓީގެ އަސާސީ ގަވާއިދުގެ ކޮޕީއަކާއި، ޕާޓީގެ މެނިފެސްޓޯގެ ކޮޕީއަކާއި، ޕާޓީގެ ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އަދި ބައްދަލުވުމުގައި ބައިވެރިވި 300 މީހުންގެ ނަން ހިމަނާފައިވާ ލިސްޓުގެ ކޮޕީ ހިމަނާފައިވުމާއެކު ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާއަށް ރަޖިސްޓްރޭޝަން ސެކްޝަނުން ފޮނުވާފައިވާ ޑޮކިއުމަންޓްގެ ކޮޕީ ޑޮކިއުމަންޓް 5 ގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ފަރާތުން ހުށަހަޅާފައިވާ އަސާސީ ގަވާއިދުގެ ޗެކްލިސްޓު ޑޮކިއުމަންޓް 6 ގެ ގޮތުގައި، ޕާޓީގެ ލޯގޯގެ ގޮތުގައި އެ ޕާޓީން ފާސްކޮށްފައިވާ ލޯގޯ ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ އެހެން ސިޔާސީ ޕާޓީއެއްގެ ލޯގޯގެ ގޮތުގައި ބޭނުންނުކުރާކަން އެނގެން އޮންނަކަމާއި، އަދި ޕާޓީގެ ކުލައިގެ ގޮތުގައި ހިމަނާފައިވާ ކުލަތަކަކީވެސް މިހާތަނަށް ރަޖިސްޓަރީކޮށްފައިވާ ޕާޓީގެ ކުލަތަކަށްބަލާއިރު އެހެން ޕާޓީއެއްގެ ކުލައެއްގެ ގޮތުގައި މީގެކުރިން ފާސްކޮށް ދެއްވާފައިވާ ކުލަތަކެއްނޫންކަމަށް އެނގެންއޮތުމާއެކު މިކަންކަމަށް ރިޢާޔަތްކޮށް އިސްވެ ބުނެވިދިޔަ ކަންކަން ފުރިހަމަވެފައިވުމާއެކު ޕީޕަލްސް ނެޝަނަލް ފްރަންޓް ރަޖިސްޓަރީ ކުރުމަށް ހުއްދަ ދިނުމަށް، ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ދަރުބާރުގެ - މެންބަރުންގެ މީޓިންގ ރޫމް
Time
Number
826

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ