ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ސިޔާސީ ޕާޓީތަކުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ.

ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ޕާޓީތަކަށް ބަލާއިރު، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ނެޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް އިން ހުށަހަޅާފައިނުވާތީ، ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ފޮނުވަންޖެހޭ އަހަރީ ރިޕޯޓު، ޖެހިގެން އަންނަ އަހަރުގެ މާރިޗުމަހުގެ 1 ގެ ކުރިން ކޮމިޝަނަށް ފޮނުވަންޖެހޭކަމަށް ގަވާއިދު ނަންބަރު:2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވުމާއި، އަދިހަމަ އެހެންމެ ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާޢްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެ މާއްދާގެ (ހ)ގެ 1 ފިޔަވައި ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000/-ރ. (ތިރީސްހާސް) ރުފިޔާއާއި 75,000/-ރ. (ހަތްދިހަފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމުގައި ބަޔާން ކޮށްފައިވާތީ، އިސްވެ ދެންނެވުނު މާއްދާތަކަށް ރިޢާޔަތްކޮށް ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އެއްގޮތަކަށްވެސް ހުށަހަޅާފައިނުވާ ޕާޓީތަކުން ޤާނޫނާ ޚިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށާއި، އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅި ޕާޓީތަކަށް ކުރިއަށްއޮތް ތަނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް ނަސޭޙަތްތެރިވެ އެންގުމެއް އަންގަން، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން،2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޕާޓީތައް ޖޫރިމަނާކުރާނެ ޢަދަދެއް ކަނޑައެޅުމަށްޓަކައި އެފަދަ ޕާޓީތަކުން މީގެކުރިން ޤާނޫނާ ޚިލާފުވެފައިވަނީ ކިހާމިންވަރަކަށްތޯ ބެލުމަށްފަހު އެކަމުގެ ކުޑަބޮޑުމިން ބެލުމަށާއި، ފާއިތުވި އަހަރުވެސް އަހަރީ ރިޕޯޓު ހުށަހަޅާފައިވޭތޯ ނުވަތަ ނޫންތޯ ބަލައި ތަކުރާރުކޮށް ޤާނޫނާ ޚިލާފުވެފައިވާނަމަ އަދަބުގެ ކުޑަބޮޑުމިން ކަނޑައަޅައި ދެންއޮންނަ ކޮމިޝަނުގެ ޖަލްސާއަކަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހެޅުމަށްވެސް ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، ކޮންޓްރެކްޓް މުއްދަތު އިތުުރުކުރާ މުވައްޒަފުންނާއި، މަސައްކަތްތައް ނިމިގެން ވަކިކުރާ މުވައްޒަފުންނާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ މަސައްކަތަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން 2024 އެޕްރީލް 30 އަދި 2024 ޖޫން 30 އަށް ކޮންޓްރެކްޓް މުއްދަތުހަމަވާ މުވައްޒަފުންގެ ތެރެއިން ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން އަދި ފައިނޭންސް ސެކްޝަނުގެ މަސައްކަތްތައް އަދިނިމިފައިނުވާތީއާއި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ދަރުބާރުގެ ހުސްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާތީ އެ ސެކްޝަންތަކުގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު 2024 މޭ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށް ބަޖެޓުގެ ތެރެއިން ހަމަޖެހޭކަމަށްވާނަމަ އެދިފައިވާ މުވައްޒަފުންގެ މުއްދަތު 2024 މޭ 15 ގެ ނިޔަލަށް އިތުރު ކުރުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ރެޖިސްޓްރޭޝަން ސެކްޝަނުގެ ކޮންޓްރެކްޓް 2025 ގެ ނިޔަލަށް އިތުރުކުރާ މުވައްޒަފުން

# ސްޓާފް އައިޑީ ނަން މަގާމް ޑިވިޜަން / ސެކްޝަން
1

2295

ޔުމްނާ އަބްދުލްޖަލީލު

އޮފިސަރ 

ރަޖިސްޓްރޭޝަން ސެކްޝަން

2

2378

މަރްޔަމް ޝަޒްމީން

އޮފިސަރ

ރަޖިސްޓްރޭޝަން ސެކްޝަން

3

2385

ޢައްބާސާ އަޙްމަދު

އޮފިސަރ

ރަޖިސްޓްރޭޝަން ސެކްޝަން

4

2420

ޢާއިޝަތު ސާޢިޤާ

އޮފިސަރ

ރަޖިސްޓްރޭޝަން ސެކްޝަން

5

2600

ލަމްޔާ ޒާދީ

އޮފިސަރ

ރަޖިސްޓްރޭޝަން ސެކްޝަން

6

2644

އާމިނަތު ފަރުޙާނާ

އޮފިސަރ

ރަޖިސްޓްރޭޝަން ސެކްޝަން


15 މޭ 2024 ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރާ މުވައްޒަފުން

# ސްޓާފް އައިޑީ ނަން މަގާމް ޑިވިޜަން / ސެކްޝަން

1

2649

ނާހިލު ނަޢީމް

އޮފިސަރ

ފައިނޭންސް ސެކްޝަން

2

2668

މަރްޔަމް އީމާ ޢަލީ ވަޙީދު

އޮފިސަރ

ފައިނޭންސް ސެކްޝަން

3

2682

ފާޠިމަތު އަފްނާން ޢަބްދުލްޙަމީދު

ސީނިއަރ އޮފިސަރ

ފައިނޭންސް ސެކްޝަން

4

2326

އިބްރާހިމް ޢަޠްމަތު

ސެކިއުރިޓީ އޮފިސަރ

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

5

2539

ލޫތު އަޙްމަދު ޙަނީފް

ލޮޖިސްޓިކް އޮފިސަރ

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

6

2313

މަރްޔަމް މަޢީޝާ މޫސާ

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

7

2323

އާމިނަތު ޢުލާ މުޒްނީ

އޮފިސަރ 

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

8

2349

ޝިޒުނާ ވަޙީދު

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

9

2367

މަރްޔަމް ޒުހާ މުޙައްމަދު

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

10

2397

އަޙްމަދު ސަވާދު

އޮފިސަރ 

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

11

2478

ޝާހިދާ އިސްމާޢީލް

އޮފިސަރ 

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

12

2507

މަރްޔަމް ސިޔާނާ

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

13

2516

ސައިފުﷲ ޢަލީ

އޮފިސަރ 

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

14

2508

އާއިޝަތު ލަމްޙާ ޙުސައިން ނަޞީރު

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

15

2590

ޢާއިޝަތު ފަޒީނާ ރަޝީދު

ސީނިއަރ އޮފިސަރ

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން


އިންތިޚާބާ ގުޅިގެން ހަވާލުކުރެވުނު މަސައްކަތްތައް ނިމިފައިވުން ދޫކޮށްލާ މުވައްޒަފުން.

- އިންތިޚާބާ ގުޅިގެން ހަވާލުކުރެވުނު މަސައްކަތްތައް ނިމިފައިވުން ދޫކޮށްލާ މުވައްޒަފުންގެ ލިސްޓު އެޓޭޗްކުރެވިފައި.
 
 

3.ޑިރެކްޓަރ ޖެނެރަލް އަދި ފޮޓޯގްރާފަރ މަޤާމާ ގުޅޭ.

މި ކޮމިޝަނުގެ ދެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދި ފޮޓޯގްރާފަރ މަޤާމަށް މީހުން ހޯދުމަށް މާލީ ވުޒާރާ އިން ހުއްދަ ދެއްވާފައިނުވާތީ، އެ މަޤާމުތަކަށް މީހުން ނެގުން މަޑުޖައްސާލައި މި ތިން މަޤާމަށް ހުއްދަ ލިބެންދެން އޮނިގަނޑުގައި މި ތިން މަޤާމު ބޭއްވުމަށާއި، ޑިރެކްޓަރ ޖެނެރަލްގެ ދެ މަޤާމުގެ ތެރެއިން އެއް މަޤާމަށް އިޢުލާންކޮށްފައިވާތީ، މާލީ ވުޒާރާއިން ހުއްދަދެއްވާފައިނުވާކަން ބަޔާންކޮށް، އެ އިޢުލާނު ބާޠިލުކޮށް، ކުރިމަތިލީ ފަރާތްތަކަށް އެކަން އެންގުމަށްފަހު، މިވަގުތަށް މި ތިން މަޤާމު ހޯލްޑުކޮށްފައި ބޭއްވުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

4. ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކާ ގުޅޭ.

ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ، މި ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމަށް ފާސްކުރެއްވުމާ ގުޅިގެން، 2024 އެޕްރީލް 15 ވާ ހޯމަ ދުވަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޙަސަން ޒަކަރިއްޔާ އިސްތިއުފާ ދެއްވާފައިވާތީ، އެޗް.އާރު ޕެނަލް އަދި މުރާޖަޢާ ކޮމިޓީގެ މުޤައްރިރުގެ މަޤާމު ހުސްވެފައިވާތީ، މި ދެ މަޤާމަށް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ޙަވާލުވެ ހުންނެވި ޑިރެކްޓަރ، ޢަބްދުﷲ އުނައިސް ހަމަޖެއްސުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

5. 2024 މޭ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާ ގުޅޭ.

2024 މޭ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންސިލުގެ މެންބަރުން އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓު ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

6. ލ.ގަމު ކައުންސިލުގެ މެންބަރު، ލ.ގަން/ތުނޑީ، މިގްރޯވާ، ޢަބްދުﷲ ޢާޞިފް (A311521) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/30 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީއާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް ދ.ކުޑަހުވަދޫ އޮލިވްގާރޑަން އިބްރާހީމް ފިކުރީ (A209901)، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/32 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީއާއި, މުލަކަތޮޅު މުލަކު ކައުންސިލްގެ މެންބަރު މ.މުލައް، ތިބުރޯޒުގެ އާމިނަތު ޢަލީ (A218663)، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/33 ސިޓީއިން މި ކޮމިޝަނަށް އަންގަވާފައިވާތީ ހުސްވެފައިވާ  މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް، އިންތިޚާބު ބާއްވާނެ ތާރީޚަކާގުޅޭ.

ލ.ގަމު ކައުންސިލުގެ މެންބަރު، ލ.ގަން/ތުނޑީ، މިގްރޯވާ، ޢަބްދުﷲ ޢާޞިފް (A311521) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/30 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީއާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް ދ.ކުޑަހުވަދޫ އޮލިވްގާރޑަން އިބްރާހީމް ފިކުރީ (A209901)، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/32 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީއާއި، މުލަކަތޮޅު މުލަކު ކައުންސިލްގެ ޢާންމު މެންބަރު މ.މުލައް، ތިބުރޯޒުގެ އާމިނަތު ޢަލީ (A218663)، އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު:221-LMI/38/2024/33 ސިޓީއިން މި ކޮމިޝަނަށް އަންގަވާފައިވާތީ ހުސްވެފައިވާ  މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް، 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/70: (އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވ.އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާ ތަންފީޒު ކުރުމާގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް (އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް/މެންބަރު) 2024 ފެބުރުވަރީ 11 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާއި، ކޮމިޝަނުގެ 816 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން ކޮމިޝަނުން މުރާޖަޢާ ކުރެއްވުމާއި، ރިޓަޔަރކުރެވޭ މުވައްޒަފުންގެ ޢިނާޔަތާއި ގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، 2024 މާރިޗު 4 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާއި، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން ކޮމިޝަނުން މުރާޖަޢާ ކުރެއްވުމާގުޅޭ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/70: (އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވ.އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާ ތަންފީޒު ކުރުމާގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް (އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް/މެންބަރު) 2024 ފެބުރުވަރީ 11 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން، ކޮމިޝަނުގެ 816 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކުރެއްވުމަށާއި، މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/70: ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާލަތު މިހާރު ނެތްކަމާއި، ހައިކޯޓުގެ އެ ޙުކުމަކީ އޭގެ ޒާތުގައި އެއާއި އެއްގޮތަށް ކޮމިޝަނުން ޢަމަލުކުރަން މިހާރު ލާޒިމުނޫން ޙުކުމެއްކަމަށްވާތީއާއި، ކުރީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަޒީފާ ބޭނުންވެވަޑައިގަންނަވާނަމަ، އެކަން ބަޔާންކުރަންޖެހޭ މުއްދަތުގައި، ނައިބު ރައީސް ޗޮއިސްއެއް ނަންގަވާފައިވާކަމަށް ޤާނޫނީގޮތުން ބެލި ބެލުމުގައި ބުރަވެވޭތީ، ކޮމިޝަނުގެ 816 ވަނަ ޖަލްސާގައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، މިހާރު ކޮމިޝަނުގެ ގަވާއިދުތަކާއި އުޞޫލުތަކާއި އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެދިވަޑައިގަންނަވާފައިވާ ވަޒީފާ ހަމަޖައްސައިދެވެން ނެތްކަމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ރިޓަޔަރކުރެވޭ މުވައްޒަފުންގެ ޢިނާޔަތާ ގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، 2024 މާރިޗު 4 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުން ކޮމިޝަނުން މުރާޖަޢާ ކުރެއްވުމަށާއި، މިގޮތުން، ރިޓަޔަރކުރެވޭ މުވައްޒަފުންގެ ޢިނާޔަތާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދަށް ގެނައި 9 ވަނަ އިޞްލާޙާ ގުޅިގެން އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅިގެން، ކޮމިޝަނުގެ 819 ވަނަ ޢާންމު ޖަލްސާއިން ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް ޢަމަލުނުކުރެވޭނެކަމަށް މާލީ ވުޒާރާގެ ނަންބަރު:13-B/38/2024/10 (14 މާރިޗު 2024) ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ރިޓަޔަރމަންޓާ ގުޅުންހުރި އެއްވެސް ފައިސާއެއް މި ކޮމިޝަނުން ދޫނުކުރާނެކަމަށާއި، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ނުރަސްމީ ސިފައެއްގައި ބައްދަލުކުރި ކުރުމުގައި އެއީ ޤާނޫނީގޮތުން ކުރެވޭނެކަމެއް ނޫންކަމުގައި ކޮމިޓީގެ މެންބަރުންގެ ލަފާ ލިބިފައިވާތީ، މިކަމަށް އިތުރު ޤާނޫނީ ޙައްލުތަކެއް ލިބެންދެން، އިލެކްޝަންސް ކޮމިޝަނުގެ ގަވައިދަށް ގެނެސްފައިވާ 9 ވަނަ އިޞްލާޙު ބާޠިލުކޮށް، ކުރިންއޮތްގޮތަށް ގަވާއިދު ރުޖޫޢަކުރުމާއެކު، 9 ވަނަ އިޞްލާޙަކީ ކޮމިޝަނަށް ޢަމަލު ނުކުރެވޭނެ އިޞްލާޙެއް ކަމަށް ކަނޑައެޅުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ދެ ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/70: (އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވ.އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާ ތަންފީޒު ކުރުމާގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް (އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް/މެންބަރު) 2024 ފެބުރުވަރީ 11 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއާއި، ރިޓަޔަރކުރެވޭ މުވައްޒަފުންގެ ޢިނާޔަތާ ގުޅޭގޮތުން، ގ.ގާކޮށި، ބީ111 އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، 2024 މާރިޗު 4 ގައި މި ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބު ދެއްވުމަށާއި، އަދި މިއަދުން މިއަދަށް ގަވައިދުގެ 9 ވަނަ އިޞްލާޙު ބާޠިލުކޮށް، ކުރިންއޮތްގޮތަށް ގަވާއިދު ރުޖޫޢަކުރާކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
827

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ