ޖަލްސާތައް

ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު، ޑިރެކްޓަރގެ މަޤާމު، ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު އަދި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ މި ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވުމާއި ގުޅިގެން 2024 އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވެފައިވާތީ، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 4 ގެ 4.2 ގައިވާ ގޮތުގެމަތިން، "ކޮމިޝަނުން ހުސްވާ މަޤާމަކަށް ނުވަތަ އަލަށް އުފައްދާ މަޤާމަކަށް މި އުޞޫލުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މުވައްޒަފަކު ބަދަލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މި މާއްދާގެ ދަށުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް، ޑިރެކްޓަރ، ޢަބްދުﷲ އުނައިސް ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

އަދިހަމަ މި މާއްދާގެ ދަށުން، ޢަބްދުﷲ އުނައިސް ފުރުއްވަމުން ގެންދެވި ޑިރެކްޓަރގެ މަޤާމު ހުސްވުމާއި ގުޅިގެން އެ މަޤާމަަށް އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އާމިނަތު އަޒީފާ ހަމަޖެއްސެވުމާއި، އާމިނަތު އަޒީފާ ފުރުއްވަމުން ގެންދެވި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު ހުސްވުމާއި ގުޅިގެން އެ މަޤާމަށް އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ސީނާ ރަޝީދު އައްޔަން ކުރެއްވުމަށާއި، ހުސްވާ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް ބަދަލުކޮށް، އިލެކްޓޯރަލް މެނޭޖްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް ކޮމިޝަނުގެ ތެރެއިން މުވައްޒަފަކު ހޯދުމަށް ކޮމިޝަނުގެ ތެރެއަށް އިޢުލާނުކޮށް މުވައްޒަފުންނަށް ހުޅުވާލައި، ސީނިއަރ އޮފިސަރުންގެ ތެރެއިން އެ މަޤާމަށް ޝަރުޠު ފުރިހަމަވާ މުވައްޒަފުން ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން މަޤާމުތަކަށް ހަމަޖެއްސުމަށްވެސް ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

މީގެއިތުރުން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގައި އޮތް ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމު އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނަށް ބަދަލު ކުރުމަށާއި، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގައި އޮތް އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމު އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް އިދާރީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް އިޢުލާނު ކުރުމަށްވެސް ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ޢަބްދުﷲ އުނައިސް ޑިރެކްޓަރއަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި އިތުރުގަޑީގެ ފައިސާ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުﷲ އުނައިސް ހަމަޖެހުމާއި ގުޅިގެން ލިބިވަޑައިނުގަންނަވާނެކަމަށާއި، އެހެންނަމަވެސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި ކުރިންވެސް މަޝްވަރާ ކުރައްވާފައިވާ ގޮތަށް، ސެކްރެޓަރީ ޖެނެރަލަށް ފިކްސްޑް އެޓެންޑެންސް އެލަވަންސެއްގެ ގޮތުގައި މަހަކު -/4,000ރ. (ހަތަރުހާސް) ރުފިޔާ ހަމަޖެއްސެވުމަށްވެސް ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
828

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 475 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 826 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 473 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 825 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 474 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 824 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 822 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ