ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި މެންބަރު ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.
1. 2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ޙަރަކާތްތައް (ނިއު ޕޮލިސީ އިނީޝިއޭޓިވްސް) ގެ ދަށުން، ކޮމިޝަނުގެ މެންޑޭޓުގައިވާ ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ބޭނުންވާ މަޤާމުތަކާގުޅޭ.
2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ޙަރަކާތްތައް (ނިއު ޕޮލިސީ އިނީޝިއޭޓިވްސް) ގެ ދަށުން، ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަމާއި، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ފުރިހަމައަށް ޙާޞިލުކުރުމަށްޓަކައި ކޮމިޝަނަށް އިތުރަށް ބޭނުންވާ ތިރީގައި މި ދަންނަވާ 15 މަޤާމުގެ ހުއްދައަށް އެދި މާލީ ވުޒާރާއަށް ނިއު ޕޮލިސީ އިނީޝިއޭޓިވްސް ގެ ބަޖެޓްގެ ތެރެއިން ހުށަހެޅުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2.2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ޙަރަކާތްތައް (ނިއު ޕޮލިސީ އިނީޝިއޭޓިވްސް) ގެ ދަށުން ހުއްދައަށްއެދި ހުށަހަޅާ މަޤާމުތައް
1. ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް 5) - ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް
2. ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް 5) - އޮޕަރޭޝަންސް ޑިޕާޓްމަންޓް
3. ސީނިއަރ އޮފިސަރ (އެމް.އެސް 1) - އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން
4. ޔޫ.އައި ޑިވެލޮޕަރ (އީ.އެކްސް 1) - އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން
5. ފްރޮންޓް އެންޑް ޑިވެލޮޕަރ - (އީ.އެކްސް 1) - އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން
6. ބެކް އެންޑް ޑިވެލޮޕަރ - (އީ.އެކްސް 1) - އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން
7. ކޮންޓެންޓް ކްރިއޭޓަރ – (އެމް.އެސް 1) - ޕަބްލިކް ރިލޭޝަންސް ސެކްޝަން
8. ސީނިއަރ އޮފިސަރ (އެމް.އެސް 1) - ޕަބްލިކް ރިލޭޝަންސް ސެކްޝަން
9. ސީނިއަރ އޮފިސަރ (އެމް.އެސް 1) - ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން
10. އޮފިސަރ (ޖީ.އެސް 3) - ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން
11. ސީނިއަރ އޮފިސަރ (އެމް.އެސް 1) - ރަޖިސްޓްރޭޝަން ސެކްޝަން
12. އޮފިސަރ (ޖީ.އެސް 3) - ރަޖިސްޓްރޭޝަން ސެކްޝަން
13. އޮފިސަރ (ޖީ.އެސް 3) - ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަން
14. ސީނިއަރ އޮފިސަރ (އެމް.އެސް 1) - ޕްރޮކިއުމަންޓް ސެކްޝަން
15. ސީނިއަރ އޮފިސަރ (އެމް.އެސް 1) - ކޮމިޝަނަރސް ބިއުރޯ
3. ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ، ޒައުލް މުޙައްމަދު ލުޠުފީ ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާ ގުޅޭ.
ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) މަޤާމުގައި ހުންނެވި ޒައުލް މުޙައްމަދު ލުޠުފީ މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، ކޮމިޝަނުގެ ގަވައިދުގައިވާ ގޮތުގެމަތީން، 2024 ޖޫން 26 އިން ފެށިގެން 1 މަސް ދުވަހުގެ ނޯޓިސް ދެއްވައި، 2024 އޮގަސްޓް 25 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމުން އެދިވަޑައިގެންފައިވާތީ، ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ޒައުލް މުޙައްމަދު ލުޠުފީ ކޮމިޝަނުގެ ވަޒީފާއިން ވަކި ކުރެއްވުމަށާއި އަދި އެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނު ކުރުމަށްވެސް ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. 2024 ޖުލައި 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާއި ގުޅޭ.
2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ.ބިލެތްދޫ ކައުންސިލްގެ ރައީސް، ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ބަހައްޓާ 21 ވޯޓުފޮށީގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ލިސްޓު، އެ ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.ބައި-އިލެކްޝަންތަކުގައި މާލެއިން ރަށްރަށަށް ދާ އޮފިޝަލުންނާ ގުޅޭ
5. ބައި-އިލެކްޝަންތަކުގައި މާލެއިން ރަށްރަށަށް ދާ އޮފިޝަލުންނާ ގުޅޭ.
މީގެފަހުން ކޮމިޝަނުން ބާއްވާ އެކި ބައި-އިލެކްޝަންތަކުގައި މަސައްކަތްކުރުމަށްޓަކައި، މާލެއިން ރަށްރަށަށް އޮފިޝަލުން ފޮނުވާންޖެހޭ ޙާލަތްތަކުގައި ދެން ފޮނުވޭނީ މި ކޮމިޝަނުގެ ދާއިމީ މުވައްޒަފުން އެކަނި ކަމަށާއި، އެއީވެސް ހަމައެކަނި ވޯޓުލާ ފޮށީގެ ވެރިޔާއާއި ވެރިޔާގެ އެހީތެރިޔާގެ ގޮތުގައި ކަމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ކޮމިޝަނުގެ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން މުވައްޒަފުންނަށް އިތުރުގަޑީގެ ގޮތުގައި ޚަރަދުކުރާވަރު، ލިޔުމުން ކޮމިޝަނާ ޙިއްޞާކުރުމާގުޅޭ
މީގެފަހުން، ކޮންމެ މަހެއްގައިވެސް ކޮމިޝަނުގެ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން މުވައްޒަފުންނަށް އިތުރުގަޑީގެ ގޮތުގައި ޚަރަދުކުރާވަރު، ލިޔުމުން ކޮމިޝަނާ ޙިއްޞާކުރައްވަމުން ގެންދެވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
7. 2024 މޭ މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.
2024 މޭ މަހުގެ ޚަރަދު ރިޕޯޓު 835 ވަނަ ޢާންމު ޖަލްސާގައިވަނީ ކޮމިޝަނާ ޙިއްޞާ ކޮށްފައެވެ.
އަދި މޭ މަހުގެ ޖުމުލަ ޚަރަދު އޮތް ކޮލަމްގައި މުޅި ޖުމުލަ ޚަރަދު ކަމަށް ބަޔާންކޮށްފައިވާ 45,117,516 (ސާޅީސްފަސް މިލިއަން އެއްލައްކަ ސަތާރަހާސް ފަސްސަތޭކަސޯޅަ ރުފިޔާ) ޚަރަދަކީ މޭ މަހުގެ ޖުމްލަ ޚަރަދުކަމަށް ލިޔެފައިވާ ލިޔުން، މެއިމަހުގެ ނިޔަލަށް ޚަރަދުވި ފައިސާކަމަށް ރިޕޯޓުން އިޞްލާޙު ކުރުމަށް ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
8. 2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ޙަރަކާތްތައް (ނިއު ޕޮލިސީ އިނީޝިއޭޓިވްސް) ކަނޑައެޅުމާ ގުޅޭ.
2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އައު ޙަރަކާތްތައް (ނިއު ޕޮލިސީ އިނީޝިއޭޓިވްސް) ކަނޑައެޅުމަށްޓަކައި ފައިނޭންސް ސެކްޝަނުން ހުށަހަޅުއްވާފައިވާ 3 ޕްރޮޕޯސަލް ފާސްކުރައްވައި، އަދި އެގޮތުގެމަތީން މާލީ ވުޒާރާއަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
# |
ޕްރޮޕޯސަލް |
ރުފިޔާ |
ޕްރޮޕޯސަލް 1 |
ވޯޓިންގ ޕްރޮސެސް ޑިޖިޓަލައިޒް ކުރުން. |
4,812,900.00 |
ޕްރޮޕޯސަލް 2 |
ބިމުގެ އަގު އަދާކުރުމަށް. |
60,173,111.56 |
ޕްރޮޕޯސަލް 3 |
ކޮމިޝަނުގެ މެންޑޭޓުގައިވާ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ދާއިމީ މަޤާމުތައް އިތުރުކުރުން. |
4,289,620.00 |
ޖުމްލަ ޕްރޮޕޯސަލް (ފަސްދޮޅަސްނުވަ މިލިއަން ދެލައްކަ ހަތްދިހަފަސްހާސް ހަސަތޭކަ އެއްތިރީސް ރުފިޔާ / ފަންސާސް ހަލާރި) |
69,275,631.56 |
9. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާނާ ގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރެއްވި ކެންޑިޓޭޓުންގެ މާލީ ބަޔާންތައް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ޚުލާޞާ ރިޕޯޓަށާއި، އިސްވެ ދެންނެވުނު މާލީ ބަޔާންތަކާ ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ޤާނޫނީ ލަފަޔަށް ރިޢާޔަތް ކުރާއިރު، މި ރިޕޯޓު އިތުރަށް ތަޙުޤީޤު ކުރެއްވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަކީ ބޭނުންތެރި ކަމެއްކަމަށް ނުފެންނާތީ، އެ ޚިދުމަތަށް ހުށަނޭޅުމަށާއި، އެހެންނަމަވެސް މިހާރު ހޯދިފައިވާ ހޯދުންތައް ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހަޅައި އިތުރަށް ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށްޓަކައި، މި ރިޕޯޓު ދުރާލާ ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުއްވުމަށާއި، އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު ބައްދަލުވުމެއް އިންތިޒާމު ކުރެއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
10. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުކަރުދާސް ނައްތާލުމާ ގުޅޭ.
2024 އެޕްރީލް 21 ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެކަމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާތީ، އިސްވެ ދެންނެވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރި ވޯޓުކަރުދާސްތައް 2024 ޖުލައި 31 ވާ ބުދަ ދުވަހުގެ ކުރީން ނައްތާލެއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، 2024 ޖުލައި 31 ގައި ވޯޓު ކަރުދާސްތައް ނައްތާލެއްވުމުގެ ކުރިން، އެވެއަރނެސް އަދި ތަމްރީނުތަކުގެ ބޭނުމަށްޓަކައި، ބާޠިލު ވޯޓުތައް ޗެކް ކުރުމަށްފަހު ރިޕޯޓެއް ތައްޔާރު ކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް ނިންމެވުމަށް ވެސް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
11. 2024 މޭ 04 ގައި ބޭއްވި ބައި-އިލެކްޝަންތަކުގެ ވޯޓުކަރުދާސް ނައްތާލުމާ ގުޅޭ.
2024 މޭ 04 ވީ ހޮނިހިރު ދުވަހު، މ.މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ.އުތީމު، ނ.ލަންދޫ، ނ.ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންތަކާ ގުޅިގެން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އެކަމާމެދު ގޮތެއް ނިންމައިދިނުމަށް އެދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރިތާ ގިނަވެގެން 14 ދުވަސް ހަމަވިއިރު، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަންތަކުގައި ބޭނުންކުރި ވޯޓުކަރުދާސްތައް ނައްތާލުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
12. ޢަދާލަތު ޕާޓީގެ ޚަޒާންދާރުގެ މަޢުލޫމާތާ ގުޅޭ.
ޢަދާލަތު ޕާޓީގެ މާލީ ބަޔާނާ ގުޅިގެން އެ ބަޔާން އޮޑިޓްކޮށްފައިވާ ފަރާތުން ކޮލިފައިޑް އޮޕީނިއަން ދެއްވި ސަބަބުތަކުގެ ތެރޭގައި ޕާޓީގެ ހަރުމުދަލާގުޅޭ ލިޔުންތައް ބަލަހައްޓާފައިނުވާތީ، ހަރުމުދަލަށް ކޮށްފައިވާ ޚަރަދު ކަށަވަރު ކުރެވެން ނެތުމާއި، ކޭޝް އިން ހޭންޑް ގޮތުގައި ރެކޯޑްކުރެވިފައިވާ ފައިސާގެ ރިކޮންސިލިއޭޝަން ފުރިހަމައަށް ހަދާފައިނެތުމާއި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ކޮށްފައިވާ ޢާންމު ޚަރަދާގުޅޭ ސަޕޯޓިންގ ޑޮކިއުމަންޓްސް ހިމަނާފައިނެތުމާއި، ސިޔާސީ ޕާޓީތަކުން ކުރާޚަރަދުގެ ތަފްޞީލު ހިސާބުތައް ބަލަހައްޓާފައިނުވާތީ، ޢަދާލަތު ޕާޓީގެ ޚަޒާންދާރާމެދު ފިޔަވަޅު އެޅުމަށްޓަކައި، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ނ) އިން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ޢަދާލަތު ޕާޓީގެ ޚަޒާންދާރު، މުޙައްމަދު ސިފާން މ.ނޫރުއް، މާލެ، 5,000/-ރ. (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
13.ދެވަނަ ދަޢުރަކަށް މިކޮމިޝަނުގެ ނަން ސޯސިއޭޝަން ފޯ ވޯލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސްގެ އެގްޒެކެޓިވް ބޯޑު މެންބަރެއްގެ ގޮތުގައި ހުށަހެޅުމާއިގުޅޭ.
އެސޯސިއޭޝަން ފޯ ވޯލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް ގެ އެގްޒެކެޓިވް ބޯޑު މެންބަރެއްގެ ގޮތުގައި ދެވަނަ ދަޢުރަކަށް މިކޮމިޝަނަށް ޢައްޔަންކުރެއްވުމަށްޓަކައި ނަން ހުށަހެޅުމަށްޓަކައި، އޭ-ވެބް ސެކްރެޓޭރިއެޓް އިން ފޮނުއްވާފައިވާތީ ދެވަނަ ދަޢުރަކަށް މިކޮމިޝަނުގެ ނަން ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
14. ދަ އެސޯސިއޭޝަން އޮފް އޭސިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ ސެކްރެޓޭރިއެޓާއި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޓައިވާން ގުޅިގެން، 2024 ސެޕްޓެންބަރު 10 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އޭ.އީ.އޭގެ ޖެނެރަލް އެސެމްބްލީ އާއި ބައިނަލްއަޤްވާމީ ސެމިނާރ އާ ގުޅޭ.
ދަ އެސޯސިއޭޝަން އޮފް އޭސިއަން އިލެކްޝަން އޮތޯރިޓީސް (އޭ.އޭ.އީ.އޭ) ގެ ސެކްރެޓޭރިއެޓާއި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޓައިވާން ގުޅިގެން، 2024 ސެޕްޓެންބަރު 10 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އޭ.އީ.އޭގެ ޖެނެރަލް އެސެމްބްލީ އާއި ބައިނަލްއަޤްވާމީ ސެމިނާރ ގެ ދަޢުވަތު، އޭ.އޭ.އީ.އޭ ގެ ސެކްރެޓޭރިއެޓުން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، އެ ދަޢުވަތު ޤަބޫލުކޮށް މި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ޖެނެރަލް އެސެމްބްލީ އާއި ބައިނަލްއަޤްވާމީ ސެމިނާރ ގައި ބައިވެރިވެވަޑައިގަންނަވާގޮތަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވއޭ-ވެބްގެ އެގްޒެކެޓިވް ބޯޑު މެންބަރެއްގެ ގޮތުގައި ދެވަނަ ދަޢުރަކަށް މިކޮމިޝަނަށް ޢައްޔަންކުރެއްވުމަށްޓަކައި ނަން ހުށަހެޅުމަށްޓަކައި، އޭ-ވެބް ސެކްރެޓޭރިއެޓް އިން ފޮނުއްވާފައިވާ މެއިލް ގުޅޭގޮތުން މަޝްވަރާ ކުރައްވައި ކޮމިޝަނުން ގޮތެއް ނިންމެވުން.
15. 2024 ޖުލައި 25 އިން 26 އަށް އިންޑިއާގެ ޖޯދްޕޫރް، ރާޖަސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެފެއަރޒް ސިމްޕޯޒިއަމްއާ ގުޅޭ.
އިންޓަރނޭޝަނަލް ސެންޓަރ ފޯ ޕާރލިމެންޓަރީ ސްޓަޑީސް (އައި.ސީ.ޕީ.އެސް) އާއި ސްޓޭޓް އިލެކްޝަން ކޮމިޝަން އޮފް ރާޖަސްތާނާ ގުޅިގެން، 2024 ޖުލައި 25 އިން 26 އަށް އިންޑިއާގެ ޖޯދްޕޫރް، ރާޖަސްތާންގައި އިންޓަރނޭޝަނަލް އިލެކްޓޯރަލް އެފެއަރޒް ސިމްޕޯޒިއަމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގެންނެވުމަށްއެދި އައި.ސީ.ޕީއެސް އިން މިކޮމިޝަނަށް ދަޢުވަތު ފޮނުއްވާފައިވީ ނަމަވެސް، ދަތުރުގެ އެއްވެސް ޚަރަދެއް އައި.ސީ.ޕީ.އެސް ނުވަތަ ސްޓޭޓް އިލެކްޝަން ކޮމިޝަން އޮފް ރާޖަސްތާނަށް ކުރެވެން ނެތުމާއި، ދަތުރުގެ ހުރިހާ ޚަރަދެއް މިކޮމިޝަނުގެ ބަޖެޓުން ކުރެވެން ނެތަތީވެ، ކޮމިޝަނުގެ ޚަރަދުކޮށްގެން ސިމްޕޯޒިއަމްގައި ބައިވެރިނުވާނޭ ކަމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް މި ސިޕްމޯޒިއަމްގައި އަމިއްލަގޮތުން ޚަރަދާއި އިންތިޒާމުތައް ހަމަޖައްސަވައިގެން ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ މެންބަރެއް ނުވަތަ މުވައްޒަފެއްވާނަމަ، އެ ފުރުޞަތު އެ މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ދިނުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
16. 2024 ސެޕްޓެމްބަރު 30 އިން 2024 އޮކްޓޫބަރު 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑް އެންޑް ސިމްޕޯސިއަމްއާ ގުޅޭ.
އިންޓަރނޭޝަނަލް ސެންޓަރ ފޯ ޕާރލިމެންޓަރީ ސްޓަޑީސް (އައި.ސީ.ޕީ.އެސް) އާއި ސެންޓްރަލް އިލެކްޝަން ބޯޑު އޮފް ދަ ޑޮމިނިކަން ރިޕަބްލިކްއާ ގުޅިގެން، 2024 ސެޕްޓެންބަރު 30 އިން އޮކްޓޫބަރ 03 ގެ ނިޔަލަށް ޑޮމިނިކަން ރިޕަބްލިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އިންޓަރނޭޝަނަލް އިލެކްޓޯރަލް އެވޯޑް އެންޑް ސިމްޕޯސިއަމްގައި ބައިވެރިވެވަޑައިގެންނެވުމަށްއެދި އައި.ސީ.ޕީއެސް އިން މިކޮމިޝަނަށް ދަޢުވަތު ފޮނުއްވާފައިވީ ނަމަވެސް، ދަތުރުގެ އެއްވެސް ޚަރަދެއް އައި.ސީ.ޕީ.އެސް ނުވަތަ ސެންޓްރަލް އިލެކްޝަން ބޯޑު އޮފް ދަ ޑޮމިނިކަން ރިޕަބްލިކަށް ކުރެވެން ނެތުމާއި، ދަތުރުގެ ހުރިހާ ޚަރަދެއް މިކޮމިޝަނުގެ ބަޖެޓުން ކުރެވެން ނެތަތީވެ، ކޮމިޝަނުގެ ޚަރަދުކޮށްގެން މި ސިމްޕޯޒިއަމްގައި ބައިވެރިނުވާނޭ ކަމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އެހެންނަމަވެސް މި ސިޕްމޯޒިއަމްގައި އަމިއްލަގޮތުން ޚަރަދާއި އިންތިޒާމުތައް ހަމަޖައްސަވައިގެން ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ މެންބަރެއް ނުވަތަ މުވައްޒަފެއްވާނަމަ، އެ ފުރުޞަތު އެ މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ދިނުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
17. އޮޕަރޭޓިންގ ޑައިރެކްޓްރީ ގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން، ވަކި ޚާއްޞަ ނިޒާމެއް ކަނޑައެޅުއްވުމާއި ގުޅޭ
އޮޕަރޭޓިންގ ޑައިރެކްޓްރީ ގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުން، ވަކި ޚާއްޞަ ނިޒާމެއް ކަނޑައެޅުއްވުމަށާއި، މި ނިޒާމާ ގުޅޭ މަޢުލޫމާތު ދެން އަންނަ ރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 835 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.