ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ސަލާމުގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ބައުވެ ހަލާކުވެފައިވާ ހަރުމުދާ ނީލަންކިއުމާ ގުޅޭ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ހުރި ހަރުމުދަލުގެ ތެރެއިން ބައުވެ ހަލާކުވެފައިވާ ހަރުމުދާ އަދި ކޮމިޝަނުގެ މަސައްކަތްތަކުގައި ބޭނުން ނުހިފޭ މުދާ ނީލަން ކިއުމާއި، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން ނީލަން ކިއުމަށް ޢުމުރުހަނުވާ އަދި ނީލަން ކިއުމަށް ޢުމުރުހަވާ ތިރީގައި ދަންނަވާފައިއެވާ ތަކެތި ނީލަން ކިއުމަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
- ބައުވެ ހަލާކުވެގެން ނީލަން ކިޔާތަކެތީގެ ލިސްޓް އެއްކަރުދާސްކުރެވިފައި
2. ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓް ކޮންޓްރެކްޓް ހަމަވުމާ ގުޅޭ.
ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަނުގެ ސައިބަރ ކޮންސަލްޓަންޓް (ކޮންޓްރެކްޓް) މަޤާމުގައި ހުންނެވި އިސްމާޢީލް ކަލީމް އާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު 2024 ޖޫން 4 ވަނަ ދުވަހު ހަމަވެފައިވީނަމަވެސް މިވަގުތު ސައިބަރ ކޮންސަލްޓަންޓްގެ މުއްދަތު އިތުރުކުރަންޖެހޭ ޙާލަތެއް ނެތުމާއެކު ސައިބަރ ކޮންސަލްޓަންޓްގެ ކޮންޓްރެކްޓް އިތުރުނުކޮށް ދޫކޮށްލުމަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލް-ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، ހުޅުމާލެ ދާއިރާގެ މެންބަރު، ކުޅުދުއްފުށީ ސިޓީ ކައުންސިލް – ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު، ޅ.އަތޮލު ކައުންސިލްގެ ރައިސް، ފ.ބިލެތްދޫ ކައުންސިލްގެ ރައީސް، ރ.ހުޅުދުއްފާރު ކައުންސިލްގެ މެންބަރު، ރ.ރަސްމާދޫ ކައުންސިލް އަންހެން މެންބަރު، ޅ.ހިންނަވަރު އަދި ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާ ގުޅޭ.
2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލް-ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، ހުޅުމާލެ ދާއިރާގެ މެންބަރު، ކުޅުދުއްފުށީ ސިޓީ ކައުންސިލް – ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު، ޅ.އަތޮލު ކައުންސިލްގެ ރައިސް، ފ.ބިލެތްދޫ ކައުންސިލްގެ ރައީސް، ރ.ހުޅުދުއްފާރު ކައުންސިލްގެ މެންބަރު، ރ.ރަސްމާދޫ ކައުންސިލް އަންހެން މެންބަރު، ޅ.ހިންނަވަރު އަދި ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް ހަމަޖެއްސުމަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މަޤާމް |
ފުރިހަމަނަން |
ކައުންސިލް އިދާރާ |
# |
ފޯކަލް ޕޮއިންޓް |
ޙުސައިން ޢަލީ |
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ |
1 |
ފޯކަލް ޕޮއިންޓް |
ސާމިޙް ޢަބްދުލްމަންނާން |
ފ.ބިލެތްދޫ ކައުންސިލް އިދާރާ |
2 |
ފޯކަލް ޕޮއިންޓް |
ޙައްވާ ސަމްވީލާ |
ރ.ހުޅުދުއްފާރު ކައުންސިލް އިދާރާ |
3 |
ފޯކަލް ޕޮއިންޓް |
ފާޠިމަތު އުމައިދާ |
ރ.ރަސްމާދޫ ކައުންސިލް އިދާރާ |
4 |
ފޯކަލް ޕޮއިންޓް |
މަރްޔަމް އަޖްރާ އިބްރާހީމް |
ޅ.ހިންނަވަރު ކައުންސިލް އިދާރާ |
5 |
ފޯކަލް ޕޮއިންޓް |
ޢަބްދުﷲ މަދީޙު |
ޅ.ކުރެންދޫ ކައުންސިލް އިދާރާ |
6 |
ފޯކަލް ޕޮއިންޓް |
ޙައްވާ ނަޝާޠު ޢަބްދުލްފައްތާޙް |
ޅ.ނައިފަރު ކައުންސިލް އިދާރާ |
7 |
ފޯކަލް ޕޮއިންޓް |
ޢާއިޝަތު ޢަބްދުލްޙަކީމް |
ޅ.އޮޅުވެލިފުށި ކައުންސިލް އިދާރާ |
8 |
4. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ.
ޤަނޫނު ނަންބަރު2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤަނޫނު)ގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި، ޤައިމު ކުރެވުނު ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން، ގަވާއިދު ނަންބަރު 2024/R-3 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2024) ގެ 58 ވަނަ މާޢްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު (ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުގެ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު) ޝަކުވާ ރައްދުވާ ފަރާތުގެ މަޢުލޫމާތު (ނަމާއި، އެޑްރެހާއި، އެނގޭނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު)، ހުށަހެޅުނު ޝަކުވާގެ ބާވަތް (ޝަކުވާގެ ކުރު ޚުލާޞާއަކާއެކު)، ހުށަހެޅުނު ޝަކުވާއާ ގުޅިގެން ޢަމަލުކުރިގޮތް ނުވަތަ ނިންމިގޮތް) ހިމަނައި ތައްޔާރުކޮށްފައިވާ ރިޕޯޓު ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.
5. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައި ޗެކްކުރުމާ ގުޅޭ.
ޤާނޫނު ނަންބަރު 2024/3 (ޤާނޫނު ނަންބަރު11/2008، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރެއްވި ކެންޑިޑޭޓުގެ މާލީ ބަޔާން ބަލައި ޗެކްކުރުމުގައި ބަލާނެ ކަންކަން 2024 މެއި 29 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވި ގޮތުގެމަތިން، ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަން ކޮމިޝަނުން ބަލައިގަތުމާއި ޗެކްކުރުން
ޤާނޫނު ނަންބަރު 2024/3 (ޤާނޫނު ނަންބަރ 11/2008 ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު) ގައި ވަނީ އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) އަދި 73 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނެވިފައެވެ. މިގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި އެކަމަށް ޚާއްޞަ އެކައުންޓެއް ހުޅުވުމުގެ ބަދަލުގައި، އެކަމަށް ކަނޑައަޅާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެނޑިޑޭޓެއްގެ ނަމުގައި އޮންނަންވާނެކަމަށް ބަޔާންކޮށް 67 ވަނަ މާއްދާގެ (ހ) ވަނީ އިސްލާހުކުރެވިފައެވެ. އަދި 73 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިސްލާހާއެކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުން ލާޒިމެއްނޫނެވެ. މި ބަދަލާއި ގުޅިގެން، ކެންޑިޑޭޓުން ހުށަހަޅާފައިވާ މާލީ ބަޔާން އަދި މާލީ ބަޔާނާއެކު ހުށަހަޅާ ލިޔެކިޔުން، ބަލާނެ ކަންތައްތަކާއި ބަލާނެ މިންވަރުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
1. މާލީ ބަޔާނުގައި ބަލާނެ ކަންކަން
މާލީ ބަޔާން ހުށަހެޅުމުގައި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް އަމަލުކޮށްފައިވޭތޯ ބަލާނެ މިންވަރުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
ތަފްސީލް |
ބަލާނެ މިންވަރު |
މާލީ ބަޔާން |
ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ފޯމެޓާއި އެއްގޮތަށް، މާލީ ބަޔާން ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
2. މާލީ ބަޔާނާއެކު ހުށަހަޅަންޖެހޭ ތަކެތީގައި ބަލާނެ ކަންކަން
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި މާލީ ބަޔާނާއެކު ހުށަހެޅުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް ބަލާނެ މިންވަރުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ހުށަހަޅަންޖެހޭ ތަކެތި |
ބަލާނެ މިންވަރު |
|
1 |
މާލީ ބަޔާން |
މާލީ ބަޔާން ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
2 |
ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ އިޤްރާރު |
ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ އިޤްރާރު ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
3 |
ބޭންކް އެކައުންޓް ސްޓޭޓްމަންޓް |
އިންތިޚާބާ ގުޅޭގޮތުން އެކަމަށް ކަނޑައަޅާ ބޭންކް އެކައުންޓެއްގެ ސްޓޭޓްމަންޓެއް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
4 |
ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަން އަންގައިދިނުމަށްޓަކައި އެ މަޢުލޫމާތަކާ ގުޅޭ ފައިސާގެ ރަސީދާއި، އިންވޮއިސްއާއި، ބިލާއި، މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި |
ފައިސާގެ ރަސީދާއި، އިންވޮއިސްއާއި، ބިލާއި، މިފަދަ އެހެނިހެން ލިޔެކިޔުމެއް އެއްވެސް މިންވަރަކަށް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން |
3. އިންތިޚާބާއިގުޅިގެން ކުރާ ޚަރަދު އަދި ލިބޭ އެހީގެ މިންވަރު
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 69 އަދި 72 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓަށް ބަލައިގަނެވޭނެ އަދި ޚަރަދު ކުރެވޭނެ އެންމެ މަތީ އަދަދުތައް ބަލާނެގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ޚަރަދު އަދި ލިބޭ އެހީގެ މިންވަރު |
ބަލާނެ މިންވަރު |
1 |
އިންތިޚާބާއި ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދު (ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށް -/2000 (ދެ ހާސް) ރުފިޔާގެ މަގުން) |
މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ، އިންތިޚާބަށް ކުރި ޚަރަދުގެ ޖުމްލަ އަދަދަށް ބަލާއިރު ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވާކަން ނުވަތަ ނޫންކަން |
2 |
އަމިއްލަ ފަރުދަކު ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އިންތިޚާބާއި ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދުގެ %0.5 |
މާލީ ބަޔާނުގެ ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އަމިއްލަ ފަރުދަކު ދޭ އެހީގެ އެންމެ މަތީ އަދަދަށް ވުރެ އިތުރަށް އެހީއެއް ލިބިފައިވާކަން ނުވަތަ ނޫންކަން |
3 |
ޤާނޫނީ ޝަޚްޞުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ، އިންތިޚާބާއި ގުޅިގެން ޚަރަދުކުރެވޭނެ އެންމެ މަތީ އަދަދުގެ %2 |
މާލީ ބަޔާނުގެ ބަޔާންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ޤާނޫނީ ޝަޚްޞުން ދޭ އެހީގެ އެންމެ މަތީ އަދަދަށް ވުރެ އިތުރަށް އެހީއެއް ލިބިފައިވާކަން ނުވަތަ ނޫންކަން |
6. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރު ކުރައްވާފައިވާ ރިޔާސީ އިންތިޚާބު 2023ގެ ތަފާސް ހިސާބު ރިޕޯޓާގުޅޭ.
(ހ.) ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރު ކުރައްވާފައިވާ، ރިޔާސީ އިންތިޚާބު 2023 ގެ ތަފާސް ހިސާބު ރިޕޯޓު ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރު ކުރައްވާފައިވާ ގޮތަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
(ށ.) ރިޔާސީ އިންތިޚާބު 2023 ގެ ތަފާސް ހިސާބުގެ ސްޓެޓިސްޓިކްސް ޕޯޓަލް، ކޮމިޝަނުގެ ވެބްސައިޓު، 2024 ޖޫން 16 ވަނަ ދުވަހުގެ ކުރިން އަޕްޑޭޓް ކުރުމަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
7. 2024 ސެޕްޓެންބަރު 10 އިން 14 އަށް ތައިވާންގެ ޓައިޕޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އޭ.އީ.އޭ ގެ ޖެެނެރަލް އެސެމްބްލީ އެންޑް އިންޓަރނޭޝަނަލް ސެމިނަރއާ ގުޅޭ.
2024 ސެޕްޓެންބަރު 10 އިން 14 އަށް ތައިވާންގެ ޓައިޕޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އޭ.އީ.އޭ ގެ ޖެނެރަލް އެސެމްބްލީ އެންޑް އިންޓަރނޭޝަނަލް ސެމިނަރގައި ބައިވެރިވުމަށްއެދި އިލެކްޝަންސް ކޮމިޝަން އޮފް އިންޑިއާ އިން މި ކޮމިޝަނަށް ދަޢުވަތު ފޮނުއްވާފައިވާތީ، މި މުއްދަތުގައި އެ ސެމިނަރގައި މި ކޮމިޝަނުން ބައިވެރިވުމާމެދު ޚާރިޖީ ވުޒާރާގެ ލަފާފުޅަކީ ކޮބައިތޯ ބެލުމަށްޓަކައި އެ ވުޒާރާއަށް ސިޓީއެއް ފޮނުވުމަށާއި، ކޮމިޝަނުން މި ސެމިނަރގައި ބައިވެރިވުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި އެ ވުޒާރާއިން ލަފާ ދެއްވައިފިނަމަ ކޮމިޝަނުގެ ފަރާތުން މި ދަތުރުގައި ބައިވެރިވުމަށް ކޮމިޝަނުގެ 833 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.