ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ޗުއްޓީގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1.އިންތިޚާބުގެ މަސައްކަތުގައި ބޭނުންކޮށް އަނބުރާ ސްޓޮކަށް ޙަވާލުކޮށްފައިވާ ތަކެތި ހަދިޔާކުރުމާ ގުޅޭ.
އިންތިޚާބުގެ މަސައްކަތުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށް އަނބުރާ ސްޓޮކަށް ޙަވާލުކޮށްފައިވާ ތަކެތީގެ ތެރެއިން، އޮފީހުގެ އިދާރީ ބޭނުންތަކަށާއި ބައި-އިލެކްޝަންތަކަށް ބޭނުންވާވަރަށް ތަކެތި ބެހެއްޓުމަށްފަހު، ތިރީގައި ދަންނަވާފައިއެވާ ތަކެތި ތަޢުލީމީ ވުޒާރާ މެދުވެރިކޮށް ވޯޓުފޮށި ބެހެއްޓި ސްކޫލްތަކަށް ހަދިޔާ ކުރުމަށް، ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
# |
ތަކެތި |
ޢަދަދު |
1 |
ނޫ ގަލަން |
10,743 |
2 |
ހައިލައިޓަރ މާކަރު |
4,884 |
3 |
ޕާމަނަންޓް މާކަރު |
784 |
4 |
ފަތިގަނޑު |
3,867 |
5 |
ކަޓަރު |
651 |
6 |
ކަތުރު |
3,972 |
7 |
ފަންސުރުޖަހާ ދަތި |
940 |
8 |
ސްޓޭޕްލަރ |
938 |
9 |
ސްޓޭޕްލަރ ނަރު |
3,488 |
10 |
ޓޭޕް ރޯލް |
573 |
2. ބައު ޢަރަބިއްޔާގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގައި ގްރިލް ޖެހުމާއި، ކުޑަދޮރުތަކުގައި ފިލާ ޖެހުމާއި ގުޅޭ.
އިންތިޚާބުގެ މަސައްކަތްތަައް ނިމުމާއެކު ދަރުބާރުގޭގައިހުރި އިލެކްޝަންސް ކޮމިޝަނުގެ ހަރުމުދާތައް ބައު ޢަރަބިއްޔާ ސްކޫލަށް ގެންގޮސްފައިވާތީ، އެ ސްކޫލުގެ 3 ވަނަ ފަންގިފިލާގައި ހިމެނޭ ކްލާސްރޫމްތަކުގެ ތެރެއިން މުހިއްމު ތަކެތި ބަހައްޓާފައިވާ 5 ކްލާސްރޫމުގެ ބޮޑުދޮރުގައި ތޭރި ޖެހުމާއި، ކުޑަދޮރުތަކުގައި ފިލާ ޖެހުމަށް ލަފާކުރެވޭ ތިރީގައި ދަންނަވާފައިއެވާ ޚަރަދުތައް ބަޖެޓުގެ ތެރެއިން ކުރެވޭކަމަށްވާނަމަ އެ ޚަރަދު ކުރުމަށް، ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
- 05 ބޮޑުދޮރުގައި ތޭރިޖެހުމަށް ޚަރަދުވާނެކަމަށް ލަފާކުރާ އަގު:30,000/-ރު.(ތިރީސްހާސް) ރުފިޔާ.
- 20 ކުޑަދޮރުގައި 2އެމް.އެމް ޕްލައިވުޑް ފިލާ ޖެހުމަށް ޚަރަދުވާނެކަމަށް ލަފާކުރާ އަގު:18,000/-ރު.(އަށާރަހާސް) ރުފިޔާ.
3. ސިޔާސީ ޕާޓީތަކުގެ 2023 ވަނަ އަހަރީ ރިޕޯޓާ ގުޅޭ
2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޕާޓީތައް ވޭތުވެދިޔަ އަހަރުތަކުގައި ޤާނޫނާ ޚިލާފުވެފައިވާ މިންވަރަށާއި އެ ޕާޓީތައް ޖޫރިމަނާ ކޮށްފަައިވާގޮތުގެ ތަފްޞީލަށް ބަލައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް 2024 މޭ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.
· 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ މޯލްޑިވްސް ނެޝަނަލް ޕާޓީއާއި، މޯލްޑިވްސް ތަރޑްވޭ-ވޭ ޑިމޮކްރެޓްސް އަދި ދަ ޑިމޮކްރެޓްސް މި 3 ޕާޓީވެސް 30,000/-ރ. (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
· މޯލްޑިވްސް ތަރޑްވޭ-ވޭ ޑިމޮކްރެޓްސްގެ ވޭތުވެދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު 2024 ޖޫން 30 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށާއި ތަކުރާކޮށް ޤާނޫނާއި ގަވާއިދާ ޚިލާފުވާތީ އެކަންކަން އިޞްލާޙު ކުރުމަށް އެ ޕާޓީއަށް ނަޞޭޙަތްތެރިވެ އެކަން އެ ޕާޓީއަށް އެންގުން.
· ކޮމިޝަނަށް ލިބެންޖެހޭ ފައިސާއާ ގުޅޭގޮތުން ޕާޓީތަކުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުން.
4. ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 4129/Cv-C/2021 ޤަޟިއްޔާގެ ޙުކުމާ ގުޅޭ.
ސިިވިލް ކޯޓުގެ ނަންބަރު4129/Cv-C/2021 ވަނަ ޤަޟިއްޔާ ނިމުނުގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރުމަށާއި، އަދި އެ ފައިސާއަކީ އިލެކްޝަންސް ކޮމިޝަނަށް ލިބޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، މާލީ ވުޒާރާއިން އެކަންކަން ހަމަޖެއްސުމަށް 2024 މޭ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ އެންޑޯސް ކުރައްވާފައެވެ.
5. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮޑިޓް ރިޕޯޓާ ގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށްޓަކައި ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށާއި، މިގޮތުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަށް މި ރިޕޯޓު ހުށަހަޅާއިރު އިދާރީގޮތުން މި ރިޕޯޓު ސެކްރެޓަރީ ޖެނެރަލް ދިރާސާ ކުރެއްވުމަށްފަހު، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ސެކްރެޓަރީ ޖެނެރަލްގެ އޮޕީނިއަންއެއް ވަކިން ހުށަހެޅުމަށާއި، ނުރަސްމީ ޖަލްސާގެ މަޝްވަރާ ކުރިއަށްދާއިރު މިކަމާބެހޭ ހުރިހާ މީހުން އެ ޖަލްސާގައި ޙާޟިރުވެ ތިބެގެން މަޝްވަރާ ކުރުމަށްވެސް ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
6. 2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި، ވޯޓުކަރުދާހުގައި ޖެހުމަށް އެދިފައިވާ އިތުރުނަމާ ގުޅޭ.
2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންިސލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި މ.މުލަކު ކައުންސިލުގެ އަންހެން މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، މ.މުލަކު ކައުންސިލުގެ އަންހެން މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓު ރީމާ ޙުސައިން، ފެހިއަލި، މ.މުލައް (A276141) ގެ ފުރިހަމަ ނަމުގެ އިތުރުން (ރީމް) މި ނަން ވޯޓުކަރުދާހުގައި އިތުރު ނަމެއްގެ ގޮތުގައި ޖަހައިދިނުމަށް އެދިފައިވާތީ، އެ ކެންޑިޑޭޓު އެދިފައިވާގޮތަށް އެ ނަންް ވޯޓުކަރުދާހުގައި ޖެހުމަށް، ކޮމިޝަނުގެ 831 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.