ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 476 ވަނަ ޚާއްޞަ ޖަލްސާ


ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާ އެވެ.

ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ސަލާމުގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްތިއުފާތަކާގުޅޭ.

 

ކުޅުދުއްފުށި ސިޓީ ކައުންސިލް (ކުޅުދުއްފުށި އުތުރު ދާއިރާ)ގެ މެންބަރު، މުޙައްމަދު ދާއޫދު ރޯމް، ހދ.ކުޅުދުއްފުށި (ދ.ރ.އ.ކާޑު ނަންބަރު:A071396) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު 221-LMI/38/2024/41 ސިޓީއިން އަދި ރ.ހުޅުދުއްފާރު ކައުންސިލް މެންބަރު، އިބްރާހީމް ޝިފާޒް ވިކްޓަރީހައުސް، ރ.ހުޅުދުއްފާރު (ދރ.އ.ކާޑު ނަންބަރު:A316008) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު 221-LMI/38/2024/44 ސިޓީއިން އަދި ރ.ރަސްމާދޫ ކައުންސިލް އަންހެން މެންބަރު، ސަލްމާ ޢީސާ ބާރޑްލައިން، ނ.މާލެންދޫ (ދ.ރ.އ.ކާޑު ނަންބަރު:A200824) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު221-LMI/38/2024/35 ސިޓީއިން އަދި ޅ.އަތޮޅު ކައުންސިލް ރައީސް، ޔާސީން ޢަބްދުﷲ މ.ސިނައެކަތަ، މާލެ، (ދ.ރ.އ.ކާޑު ނަންބަރު:A051509) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު221-LMI/38/2024/42 ސިޓީއިން އަދި ފ.ބިލެތްދޫ ކައުންސިލް ރައީސް އަޙްމަދު އަސްލަމް މޯނިންގވިލާ، ފ.ބިލެތްދޫ (ދ.ރ.އ.ކާޑު ނަންބަރު:A146550) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު 221-LMI/38/2024/40 ސިޓީއިން އަދި މާލެ ސިޓީ ކައުންސިލް (ހެންވޭރު ހުޅަނގު ދާއިރާ)ގެ މެންބަރު އަޙްމަދު އަައިފާން ހ.މޫންލައިޓްވެލީ، މާލެ (ދ.ރ.އ.ކާޑު ނަންބަރު:A162642) އާއި، މާލެ ސިޓީ ކައުންސިލް (މައްޗަންގޮޅި މެދު ދާއިރާ)ގެ މެންބަރު އަޙްމަދު ޟަމީރު މއ.ލިލީ، މާލެ (ދ.ރ.އ.ކާޑު ނަންބަރު:A025520) އަދި މާލެ ސިޓީ ކައުންސިލް (ހުޅުމާލެ ދާއިރާ) އިބްރާހީމް ޝުޖާޢު ސައުދީމަންޒިލް، ހއ.ބާރަށް (ދ.ރ.އ.ކާޑު ނަންބަރު:A099011) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން  ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު 221-LMI/38/2024/43 ސިޓީއިން މި ކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވާނެ ތާރީޚަކީ 2024 ޖުލައި 20 ވާ ހޮނިހިރު ދުވަސް ކަމުގައި އިންތިޚާބާ ގުޅިގެން ބޭއްވެވި 476 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.


މީގެ އިތުރުން، ކައުންސިލް އިންތިޚާބު ބާއްވާ ތަނެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަަރަކު އިންތިޚާބު ކުރަން ޖެހޭކަމަށްވާނަމަ އެތަނެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށާއި، އެގޮތުން ޅ.ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ޝާޢިރާ ޙަސަންފުޅު ޝަބްނަމްގެ، ޅ.ހިންނަވަރު އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-LMI/38/2024/48 ސިޓީއިން އަދި ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ފާޠިމަތު ފަޒްނާ ސެލްވިޔޯ، ފ.ބިލެތްދޫ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-LMI/38/2024/7 ސިޓީއިން މި ކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ މި ދެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށްވެސް އިންތިޚާބު ބާއްވާނެ ތާރީޚަކީ 2024 ޖުލައި 20 ވާ ހޮނިހިރު ދުވަސް ކަމުގައި އިންތިޚާބާ ގުޅިގެން ބޭއްވެވި 476 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.


އަދި ތިރީގައި ބަޔާންކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް މި އަހަރުގެ ފަހުގެ ތާރީޚަކަށް ފަސްކޮށް އެ ބައި-އިލެކްޝަންތައް ބާއްވާނެ ތާރީޚެއް ފަހުން ކަނޑައެޅުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވެވި 476 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

1. ހދ.ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

2. ހދ.ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
3. ށ.ނޫމަރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
4. ށ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
5. ށ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
6. ރ.އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
7. ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
8. ބ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
9. ބ.ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
10. ބ.ކެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
11. އދ.ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
12. ވ.ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
13. ވ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
14. މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.
15. ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
476

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ