ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 478 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާ އެވެ.

 

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ސަލާމުގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު، ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު، ފ.ބިލެތްދޫ ކައުންސިލްގެ ރައީސް، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އިންތިޚާބުކުރުމަށް، 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި މިކޮމިޝަނުން ކަނޑައަޅާފައިވާ ތަންތަނާގުޅޭ.

ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު، ރ.ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު، ފ.ބިލެތްދޫ ކައުންސިލްގެ ރައީސް، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އިންތިޚާބުކުރުމަށް، 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި މިކޮމިޝަނުން ކަނޑައަޅާފައިވާ ތަންތަން، މިކޮމިޝަނުގެ ނަންބަރު(IUL)38-AC/38/2024/416: އިޢުލާނުން ޢާންމުކޮށްފައިވަނިކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ވޯޓުލުމަށްޓަކައި މިކޮމިޝަނުން އިސްވެ ދެންނެވުނު ނަންބަރު އިޢުލާނުން ކަނޑައެޅިފައިވާ ތަންތަނާއި، އަދި އެ ތަންތަނާއި ކައިރިސަރަޙައްދުތަކުންވެސް އެކި ސަބަބުތަކާހުރެ ވޯޓުލާ މަރުކަޒުތަކުގެގޮތުގައި އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީވެ، މިކޮމިޝަނުގެ ނަންބަރު(IUL)38-AC/38/2024/426: އިޢުލާނުން، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ވޯޓުލުމަށްޓަކައި އަމީނިއްޔާ ސްކުލޫ ހަމަޖެހިފައިވާކަން ޢާންމުކުރުމާއެކު، ސިޔާސީ ޕާޓީތަކުންނާއި ޢާންމު ރައްޔިތުންގެ ފަރާތުން މިކޮމިޝަނަށް އެކި ސިފަސިފައިގައި ޝަކުވާ ލިބިފައިވާތީއާއި، ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ޙައްޤު ޙިމާޔަތްކުރުމުގެ ގޮތުންނާއި، ވޯޓުލާމީހުންގެ ނިސްބަތް އިތުރުކުރުމުގެ ގޮތުންނާއި، އަދި ޢާންމު ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި، ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ވޯޓުލުމަށްޓަކައި، ހެންވޭރު ދަނޑުގައި ޓެންޓު ޖެހުމަށް ނިންމާ، އެ ޓެންޓުގައި 06 (ހައެއް) ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 478 ވަނަ ޚާއްޞަ ޖަލްސާ ގައި ވަނީ ނިންމާފައެވެ.

 

މި ނިންމުމާ ގުޅިގެން، ހެންވޭރު ދަނޑުގައި ޓެންޓުޖެހުމަށްޓަކައި ޚަރަދުތަކެއް ހިނގާނޭތީ، އެ ޚަރަދުތައްކުރުމުގެ ހުއްދަދީ، މިކަމަށް ހޭދަވާ ޚަރަދު މާލީ ވުޒާރާ މެދުވެރިކޮށް ހަމަޖެއްސުމަށާއި، އަދި މިކަން ހިނގާފައިވާގޮތުގެ ތަފްޞީލް މާލީ ވުޒާރާއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ސިޓީއަކުން ދެންނެވުމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 478 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
478

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • އާމިނަތު އަޒީފާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 842 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 841 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 479 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 837 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާ