ޖަލްސާތައް

ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، މެންބަރު މުޙައްމަދު ޢާޞިފް އަދި މެންބަރު ޙަސަން ޒަކަރިއްޔާއެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

1. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ވެރިޔާ ބަދަލުވުމާ ގުޅިގެން، ހިއުމަން ރިސޯސް ޕެނަލްގެ ޗެއަރ ޕަރސަންގެ ނައިބުގެ މަޤާމަށް އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙު ސަޢީދު ޢައްޔަންކުރެއްވުމާގުޅޭ.

ގަވައިދު ނަންބަރު:R2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ ޖަދުވަލު 1 (ހިއުމަން ރިސޯސް ޕެނަލްގެ އުޞޫލު) ގެ 2 ވަނަ މާއްދާގެ 2.4 ގައިވާ ގޮތުގެމަތިން، ހިއުމަން ރިސޯސް ޕެނަލްގެ ޗެއަރ ޕަރސަންގެ ނައިބުގެ މަޤާމަށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ވެރިޔާ، އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙު ސަޢީދު ޢައްޔަންކުރެއްވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

2. މަޤާމުތަކުގެ އިންޓަވިއު ޕެނަލް އެކުލަވާލެވިފައިވާ ގޮތާގުޅޭ.

ކޮމިޝަނުގެ ތިރީގައި މި ދަންނަވާ ދެ މަޤާމަށް މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުތަކާ ގުޅިގެން މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި، ކޮމިޝަނުގެ 745 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާ އެއްގޮތަށް ސެކްރެޓަރީ ޖެނެރަލް ކަނޑައަޅުއްވާ ދެއްވާފައިވާ އިންޓަރވިއު ޕެނަލްތައް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ. 

އޮފީސް އެސިސްޓެންޓް (ދާއިމީ) – އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން 

· ޑެޕިއުޓީ ޑިރެކްޓަރ، ސީނާ ރަޝީދު

· އެސިސްޓެންޓް ޑިރެކްޓަރ، ޢަލީ ޢަބްދުއްރަޙްމާން

· އެސިސްޓެންޓް ޑިރެކްޓަރ، ވިޝާޙު ސަޢީދު

އޮފިސަރ، (ދާއިމީ) – ޕަބްލިކް ރިލޭޝަން ސެކްޝަން

· ކޮމިއުނިކޭޝަން އެގްޒެކެޓިވް، މަރްޔަމް ޝާހިޔާ

· ސީނިއަރ ލީގަލް އޮފިސަރ، ސިނާޔާ ޒަކަރިއްޔާ

· އެސިސްޓެންޓް ޑިރެކްޓަރ، ވިޝާޙު ސަޢީދު

 

3. 2024 ސެޕްޓެންބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން ގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓް ފާސްކުރެއްވުމާގުޅޭ.

2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. މާރަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ލިސްޓު ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

4. ޕަބްލިކް ރިލޭޝަން ސެކްޝަންގެ އޮފިސަރ މަޤާމަށް މުވައްޒަފަކު ހަމަޖެއްސެވުމާ ގުޅޭ.

ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ދާއިމީ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް  މުވައްޒަފަކު ނެގުމަށް މި ކޮމިޝަނުން ޢާންމުކޮށްފައިވާ އިޢުލާނާ ގުޅިގެން، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިމްތިޙާން ދީ އިންޓަރވިއު ކުރުމަށްފަހު، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އަދި އެންމެ މަތިން މާރކްސް ލިބިފައިވާ، މުޙައްމަދު ޢާއިޝް ޙުސައިން، ގްރީންގެ، ޅ.ހިންނަވަރު، A325288، ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ދާއިމީ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖެއްސެވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

5. އިންޓަރންއަކަށްވުމަށް އެދި މިކޮމިޝަނަށް ހުށަހަޅާފައިވާ ފޯމާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ އިންޓަރންއަކަށްވުމަށް އެދި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ފޯމާ ގުޅިގެން، ކޮމިޝަނުން ޢަމަލުކުމަނުންދާ އިންޓަރންޝިގްފެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، 2024  ނޮވެމްބަރ 03 އިން 2024 ޖަނަވަރީ 04 ގެ ނިޔަލަށް، ކޮމިޝަނުގެ އިންޓަރނެއްގެ ގޮތުގައި ފާޠިމަތު އަޒްފާ އާމިރު (A268634)،  ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގައި މަސައްކަތްކުރެއްވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

6. އިލެކްޝަންސް ކޮމިޝަނުގެ 2022 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ 2022 ވަނަ އަހަރުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓު، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ، ކޮމިޝަނާ ޙިއްޞާކުރައްވާފައެވެ. 

އަދި، 2022 ވަނަ އަހަރުގެ ކޮމިޝަނުގެ ފައިނޭންޝަލް އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމާއި، މިގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ހަދުމުލަދުގެ ރެކޯޑުތަކުގެ މައްސަލައާއި، އެކި ފަރާތްތަކުން އަނބުރާ ލިބެންޖެހޭ ފައިސާއާ ގުޅިގެން ފާހަގަކުރައްވާފައިވާ މައްސަލަ ޙައްލުކުރުމަށްޓަކައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ. 

 

7. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލުން ފާސްކޮށްފައިވާ ގަވާއިދުތައް އެންޑޯސްކުރެއްވުމާގުޅޭ.

ސިޔާސީ ޕާޓީތަކުގެ ބެލެނެވެރި ފަރާތުގެ ޙައިޞިއްޔަތުން، މިކޮމިޝަނުން ފާސްކުރާނީ ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވައިދުތައް އެކަނި ކަމުގައި، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، ކޮމިޝަނުގެ ނިންމެވުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ޕޮލިސީ އެންޑް ޑިވެލޮޕްމަންޓް ކައުންސިލާ ޙިއްޞާކުރެއްވުމަށް، ކޮމިޝަނުގެ 843 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
843

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 842 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 841 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 840 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 479 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 478 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 837 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 836 ވަނަ ޢާންމު ޖަލްސާ