ކޮމިޝަނުގެ 846 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ހ.ދޮންޖޭމުގެ، ޢުމަރު ނަޞީރު ފޮނުއްވާފައިވާ ސިޓީއާގުޅޭ.
ހ.ދޮންޖޭމުގެ، ޢުމަރު ނަޞީރު ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ކޮމިޝަނުގެ ނުރަސްމީގައި މަޝްވަރާކުރެވިފައިވާ ގޮތައް ހ.ދޮންޖޭމުގެ، ޢުމަރު ނަޞީރު ޖޫރިމަނާ ކުރެވުނު ސަބަބު ބަޔާންކޮށް ފައިސާ ދައްކާ އެންގުމާއެކު އެގޮތުގެ މަތިން އެންޑޯސް ކުރުމަށް، ކޮމިޝަނުގެ 846 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮމިޝަނުން ފޮނުވި ސިޓީއާގުޅޭ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު:196-PGB/38/2024/2 ސިޓީއާ ގުޅިގެން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންގެ މައްސަލަ ޖިނާއީ އިޖުރާތު ޤާނޫނު ގޮތުގައިވާ މަތިން އިންވެސްޓިގޭޝަން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާކުރެވިފަތީ، އެގޮތުގެ މަތިން އެންޑޯސްކުރުމަށް، ކޮމިޝަނުގެ 846 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
3.ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް އުޒްބަކިސްތާން އިން ފޮނުވާފައިވާ ދަޢުވަތާގުޅޭ.
ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް އުޒްބަކިސްތާނުން ފޮނުވާފައިވާ ދަޢުވަތާއި ގުޅިގެން، 2024 އޮކްޓޫބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ Elections to the Legislative Chamber of the Oliy Majilis އޮބްޒާވް ކުރުމުގެ ދަޢުވަތު، ސެންޓްރަލް އިލެކްޝަންސް ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް އުޒްބަކިސްތާން އިން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، އެ ދަޢުވަތު ޤަބޫލުކޮށް މި ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އަދި އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގަންނަވާގޮތަށް، ކޮމިޝަނުގެ 846 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.