ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓެއް ހޯދުމާގުޅޭ.
ކޮމިޝަނުގެ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ އެސެސްމަންޓް ހެދުމަށާއި، އޮންލައިން ޚިދުމަތްތަކާ ގުޅިފައިހުރި ނިޒާމްތަކުގެ ސެކިއުރޓީ ބެލެހެއްޓުމަށް ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓެއް 1 އަހަރު ދުވަހުގެ މުއްދަތަކަށް މަހަކު 15,000/-ރ. (ފަނަހާސް) ރުފިޔާ އަށް ހޯދުމުގައި ކޮމިޝަނުގެ ބަޖެޓުން މި ޚަރަދު ހަމަޖެއްސޭކަމަށްވާނަމަ، ސައިބަރ ސެކިއުރިޓީ ކޮންސަލްޓަންޓަކު ހޯދުމަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. 2022 އަދި 2023 ވަނަ އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކުރިއެރުން ދިނުމާގުޅޭ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 5 ގެ 2 ނަންބަރުގައި "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާފޯމަންސް އެޕްރެއިޒަލުން އެވްރެޖް މާކްސް %75 އަށްވުރެ މަތިން ހޯދާފައިވުން" ވާގޮތުގެ މަތިން، މި ކޮމިޝަނުގެ މުވައްޒަފުން 2022 އަދި 2023 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު %75 އަށްވުރެ މަތިން މާކްސް ލިބިފައިވާ މުވައްޒަފުނަށް ޙައްޤުވާ ކުރިއެރުން ދިނުމަށްޓަކައި ކޮމިޝަނުގެ ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ދެން އެންމެ އަވަހަށް ބޭއްވޭ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުމަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. 2024 ސެޕްޓެންބަރު މަހުގެ ޚަރަދު ރިޕޯޓު ޙިއްޞާ ކުރުން.
2024 ސެޕްޓެންބަރު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.
4. ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގދ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބަޢްވާނެ ތާރީޚެއް ކަނޑައެޅުން.
ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގދ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްތިޢުފާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ތިރީގައި ދަންނަވާފައިވާ ހުސް މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް 2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބައި-އިލެކްޝަންތައް ބޭއްވުމަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
# |
ދާއިރާ |
ނަން |
އައިޑީ ނަންބަރު |
އެޑްރެސް |
އިންތިޚާބުކުރަންޖެހޭ ޢަދަދު |
ސިޓީ ނަންބަރު |
1 |
ހދ.ކުރިނބި |
ޢަފީފާ އަޙްމަދު |
A225253 |
ސޯމާ، ހދ.ކުރިނބި |
3 |
221-LM1/38/2024/6 |
ފާޠިމަތު ޝިފާޒާ |
A224804 |
ނޫރާނީވިލާ، ހދ.ކުރިނބި |
||||
ޝެހެނާޒް އާދަމް |
A223135 |
ވިނަ، ހދ.ކުރިނބި |
221-LM1/38/2024/67 |
|||
2 |
މ.ރަތްމަންދޫ |
މަރްޔަމް ޒިމްނާ |
A273105 |
ހިތަށްފިނިވާގެ، މ.ރަތްމަންދޫ |
2 |
221-LM1/38/2023/30 |
ޝިޔާޒާ ޢަބްދުﷲ މާޖިދު |
A273714 |
ބްލޫސްޓަރ، މ.ރަތްމަންދޫ |
221-LM1/38/2024/10 |
|||
3 |
ގއ.ދެއްވަދޫ |
މަރްޔަމް ސުވައިދާ |
A373344 |
ޕެރިސް، ގއ.ދެއްވަދޫ |
3 |
221-LM1/38/2024/5 |
އިފާޝާ އިބްރާހީމް |
A303492 |
ދެކޮނުގެ، ގއ.ދެއްވަދޫ |
221-LM1/38/2024/49 |
|||
ޙައްވާ އަޙްމަދުދީދީ |
A036915 |
ކަރަންފޫމާގެ، ގއ.ދެއްވަދޫ |
221-LM1/38/2024/62 |
5. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ތަފާސް ހިސާބު ރިޕޯޓު.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024" ގެ ތަފާސް ހިސާބު ރިޕޯޓު ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ހުށަހަޅާފައިވާގޮތަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
6. "ރިޕޯޓް އޮން ވައިސް ޗެއަރޕަރސަން ކެންޑިޑަސީ ރިސަލްޓާ" ގުޅޭގޮތުން އޭވެބް އިން މިކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާގުޅޭ.
އެސޯސިއޭޝަން އޮފް ވާލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭވެބް) ގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު 2024 އޮގަސްޓް 31 ގެ ނިޔަލަށް ހަމަވިއިރު، ދަ އޮފީސް އޮފް ދަ އިލެކްޓޯރަލް ކޮމިޝަނަރ އޮފް މޮރިޝަސްއާއި، ދަ ކޮމިޝަން އޮން އިލެކްޝަންސް އޮފް ފިލިޕީންސް އަދި ދަ ނޭޝަނަލް އިލެކްޓޯރަލް ކައުންސިލް އޮފް އިކްއޭޑޯ އިން އޭ-ވެބްގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ކުރިމަތިލުމަށް އޭވެބުގެ ސެކްރެޓޭރިއެޓަށް ނަން ފޮނުވާފައިވާތީ، މީގެ ތެރެއިން ދަ ކޮމިޝަން އޮން އިލެކްޝަންސް އޮފް ފިލިޕީންސްއަށް، 2024 އޮކްޓުބަރ 24 އިން 25 އަށް ކޮލަމްބިއާގެ ބޮގޮޓާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭވެބްގެ 6 ވަނަ ޖެނެރަލް އެސެމްބްލީގައި މި ކޮމިޝަނުން ވޯޓުދިނުމަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
7. އެމްބަސީ އޮފް ޔުކްރޭން އިން ދަ ރިޕަބްލިކް އިންޑިއާ އިން ފޮނުވާފައިވާ އެ އެމްބަސީގެ ނަންބަރު: 6152/22-012-134033 ސިޓީއާގުޅޭ.
2024 އޮކްޓޫބަރު 21 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ ޖެނެރަލް އެސެންބްލީގައި ދަ އެސޯސިއޭޝަން އޮފް ވާރލްޑް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް (އޭވެބް) އިން، ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ރަޝިއާ އަދި ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ބެލަރޫސް ސަސްޕެންޑްކުރުމަށް ވޯޓުދިނުމަށްއެދި، އެމްބަސީ އޮފް ޔުކްރޭން އިން ދަ ރިޕަބްލިކް އިންޑިއާ އިން ފޮނުވާފައިވާ އެ އެމްބަސީގެ ނަންބަރު:6152/22-012-134033 ސިޓީ އިން އެދިފައިވާތީ، ރާއްޖެއިން މިކަމުގައި ނަގަން ފެނިވަޑައިގަންނަވާ ސްޓޭންޑަކީ ކޮބައިކަން މި ކޮމިޝަނާ ޙިއްޞާކޮށް ދެއްވުންއެދި ޚާރިޖީ ވުރާޒާގެ ލަފާފުޅަކީ ކޮބައިކަން ސާފުކުރުމަށްޓަކައި އެ ވުޒާރާއަށް ސިޓީއަކުން ދެންނެވުމަށް، ކޮމިޝަނުގެ 848 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.