ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ކޮމިޝަނުގެ މަސައްކަަތަށް އައު ޢިމާރާތެއް ހޯދުމާގުޅޭ.

ކޮމިޝަނުގެ މަސައްކަތަށް ކުއްޔަށްދޫކޮށްފައިވާ ޢިމާރާތް 3 މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށްއެދި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެކުންފުނީގެ ނަންބަރު:113-ADM/38/2024/3 (8 ސެޕްޓެންބަރު 2024) ސިޓީއާ ގުޅިގެން، މިކޮމިޝަނުގެ މަސައްކަތަށް އައު ޢިމާރާތެއް ހޯދުމަށްޓަކައި، 2024 އޮކްޓޫބަރ 16 (މިއަދު) ޢާންމުކޮށް އަންގާ އިޢުލާންކުރުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، އައު ޢިމާރާތެއް ހޯދުމަށްޓަކައި ޢިމާރާތުގައި ހުންނަންޖެހޭ ބައިތަކާއި ޝަރުޠުތަކާ ގުޅޭގޮތުން، 2024 އޮކްޓޫބަރ 14 ގައި ބޭއްވި ނުރަސްމީ ޖަލްސާގައި މަޝްވަރާކުރައްވާފައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އެންޑޯސްކުރެއްވުމަށާއި، އަދި އިސްވެ ދެންނެވުނު އިޢުލާނާ ގުޅިގެން ކޮމިޝަނަށް އެކަށީގެންވާ ތަނެއް ލިބިއްޖެކަމުގައިވާނަމަ، އެ ތަނުގެ މަޢުލޫމާތާއެކު މާލީ ވުޒާރާއަށް ލިޔުމަށްވެސް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. 2022 އަދި 2023 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށްފަހު ކުރިއެރުން ދިނުމާ ގުޅޭޭ.

2022 އަދި 2023 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ތައްޔާރުކޮށްފައިވާ ކަރުދާހާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޝަނުގެ ގަވާއިދުގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މަސައްކަތުގެ ފެންވަރު ބެލުމުން 75% އަށްވުރެ މަތިން މާކްސްލިބި، މުސާރައިގެ ކުރިއެރުން ދިނުމަށް ޝަރުޠުހަމަވާ ތިރީގައި މި ދަންނަވާ 12 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

1. ޑިރެކްޓަރ ޝަހުލާ އިސްމާޢީލް

2. ޑިރެކްޓަރ މުޙައްމަދު އަނީލް

3. ޑިރެކްޓަރ ޢާއިޝަތު ޝައްފާފް

4. އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ޝަބާ ބާޤިރު 

5. އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ސަމްރާ

6. ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ ޙުސައިން އަޛްހާން

7. ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރްޔަމް ޝާހިޔާ

8. އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުލްޙަޞީބު އިސްމާޢީލް

9. ސީނިއަރ އޮފިސަރ ޒައުފަރާން ރަޝީދު

10. އޮފިސަރ އަޙްމަދު ރަޝީދު

11. އެސިސްޓެންޓް ސުޕަވައިޒަރ އަޙްމަދު ޙުސައިން

12. މަސައްކަތު އާމިނަތު ޢަލީ

 

   3. ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުން.

ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަރވިއުކޮށް، އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކުގެ މާރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތިން، ދޫރިޔަން، އދ.ފެންފުށި، އާމިނަތު ޢަބްދުލްމުޙްސިން (A374458) ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ މަޤާމަށް ނެގުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   4. އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކުގެ ހުއްދައާގުޅޭ.

ކޮމިޝަނުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކުގެ ތެރެއިން މިހާރު ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް  އިންޓަވިއުކޮށްފައިވާ މަޤާމުތަކަށް މީހުން ނެގުމަށް ބޭނުންވާތީ، އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓާއި އެއްގޮތަށް ބަޖެޓު ކުރެވިފައިވާ މަޤާމުތަކުގެ ތެރެއިން ހުސްވެފައިވާ ތިރީގައި ދަންނަވާފައެވާ މަޤާމުތަކަށް ކޮމިޝަނުން ކަނޑައަޅާ ތާރީޚަކަށް އެ މުވައްޒަފުން ނެރުމަށް ނިންމަވާފައިވާތީ އެކަމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް ދަންނަވަައި މާލީ މުޒާރާއަށް ސިޓީއަކުން ދެންނެވުމަށާއި، އަދި މި ސިޓީގައި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި މާލީ ވުޒާރާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެސް އަދާކުރާކަމަށް ބަޔާންކުރުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   

#

ޑިޕާޓްމަންޓް / ސެކްޝަން

މަޤާމު

ރޭންކް

ފޯމު ނަންބަރު

ހުއްދައަށް އެދުނު ތާރީޚް

ރިމާކްސް

1

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން

އޮފީސް އެސިސްޓެންޓް

އެސް.އެސް 4

2024/1244/

BC04/52735

29 އޮގަސްޓް 2024

2024 އަދި 2025 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން ހުސްވެފަިވާ އޮފީސް އެސިސްޓަންޓްގެ މަޤާމު.

2

ކޮމިޝަނަރސް ބިއުރޯ

ފޮރިން ރިލޭޝަންސް އޮފިސަރ

ޖީ.އެސް 3

2024/1244/

BC04/53538

9 ސެޕްޓެންބަރު 2024

މަޤާމު ހުސްވުމުން ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން، ކޮމިޝަނަރސް ބިއުރޯއަށް ބަދަލު ކުރެވިފައިވާ، 2024 އަދި 2025 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ މަޤާމު.

3

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން

އެސިސްޓެންޓް ޑިރެކްޓަރ

އެމް.އެސް 3

2024/1244/

BC04/54173

22 ސެޕްޓެންބަރު 2024

މަޤާމު ހުސްވުމުން އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުން، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނަށް ބަދަލު ކުރެވިފައިވާ، 2024 އަދި 2025 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ މަޤާމު.

   

   5. މަޤާމުތަކުގެ އިންޓަރވިއު ޕެނަލް އެކުލަވާލުމާގުޅޭ.

މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުތކާއި ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްޓަކައި، ކޮމިޝަނުގެ 745 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމާއި އެއްގޮތަށް ސެކްރެޓަރީ ޖެނރަލް ކަނޑައަޅުއްވާ ދެއްވާފައިވާ ތިރީގައިއެވާ އިންޓަރވިއު ޕެނަލްތަކުގެ މަޢުލޫމާތު ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

އޮފިސަރ (ދާއިމީ) - ޕަބްލިކް ރިލޭޝަން ސެކްޝަން

  • ޑިރެކްޓަރ، ޢާއިޝަތު ޝައްފާފް
  • ކޮމިއުނިމޭޝަން އެގްޒެކެޓިވް، މަރްޔަމް ޝާހިޔާ
  • އެސިސްޓެންޓް ޑިރެކްޓަރ، ވިޝާޙު ސަޢީދު

 

ފޮރިން ރިލޭޝަން އޮފިސަރ (ދާއިމީ) – ކޮމިޝަނަރސް ބިއުރޯ

  • އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ޝަބާ ބާޤިރު
  • ކޮމިއުނިމޭޝަން އެގްޒެކެޓިވް، މަރްޔަމް ޝާހިޔާ
  • އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ސައުޝަން މޫސާ

 

ސީނިއަރ އޮފިސަރ (ދާއިމީ) – ސިސްޓަމްސް އެޑްމިނިސްޓްރޭޝަން ސެކްޝަން

  • ޑިރެކްޓަރ، މުޙައްމަދު އަނީލް
  • ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ، ޙުސައިން އަޛްހާން
  • އެސިސްޓެންޓް ޑިރެކްޓަރ، ފާޠިމަތު ސައުޝަން މޫސާ

 

   6. ރަޖިސްޓްރޭޝަން ސެކްޝަނުން އަލަށް ތައްޔާރުކޮށްފައިވާ 2 އެސް.އޯ.ޕީ ފާސް ކުރުމާގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުން އަލަށް ތައްޔާރުކޮށްފައިވާ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ އެކަމުގެ ލިޔުން ހޯދުމާގުޅޭ އެސް.އޯ.ޕީއާއި، ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރުން ވަކިކުރުމާ ގުޅޭ އެސް.އޯ.ޕީ، އަލުން ތައްޔާރުކުރުމަށާއި، މިގޮތުން މި އެސް.އޯ.ޕީތަކުގައި ބަޔާންކޮށްފައިވާ ކަންކަން އިދާރީގޮތުން ހިނގާގޮތަށް ތަރުތީބު ކުރުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދެން އެންމެ އަވަހަކަށް ބޭއްވޭ ކޮމިޝަނުގެ ޖަލްސާއަކަށް މި ދެ އެސް.އޯ.ޕީ ފާސްކުރުމަށްޓަކައި އަލުން ހުށަހެޅުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   7. ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ އެކަމުގެ ލިޔުން، 2024 އޮކްޓޫބަރ 20 ވާ އާދީއްތަ ދުވަހުން ފެށިގެން ދޫކުރާ ނިޒާމާގުޅޭ.

ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ އެކަމުގެ ލިޔުން، 2024 އޮކްޓޫބަރ 20 ވާ އާދީއްތަ ދުވަހުން ފެށިގެން ދޫކުރާނީ ކޮމިޝަނުން މިހާރު ކަނޑައަޅުއްވާފައިވާ ޚާއްޞަ ނިޒާމެއްގެ ދަށުން ކަމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ ގުޅިގެން، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރުމަށްވެސް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  8. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިގެން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއް އޮތްނަމަ 2024 ނޮވެންބަރު 10 ގެ ނިޔަލަށް ޕާޓީއަށް ހުށަހަޅައިގެން އެކަންކަން ނިންމުމަށް ޢާންމުކޮށް އިޢުލާންކުރުމާގުޅޭ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމާ ގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)EA/2024/137: މެމޯއަށް، 2024 އޮކްޓޫބަރު 14 ވީ ހޯމަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއް އޮތްނަމަ 2024 ނޮވެންބަރު 10 ގެ ނިޔަލަށް ޕާޓީއަށް ހުށަހަޅައިގެން އެކަންކަން ނިންމުމަށް ޢާންމުކޮށް އިޢުލާނު ކުރުމަށާއި، އެއަށްފަހު އެ މުއްދަތު ހަމަވުމަށްފަހު، ބޭއްވޭ ކޮމިޝަނުގެ ފުރަތަމަ ޖަލްސާއަށް އެ ޕާޓީ އުވާލުމާއިގުޅޭ މައްސަލަ ހުށަހެޅުމަށް ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

  9. ދިވެހި ފުލުހުންގެ ޚިދުމަތުގެ ސިޓީއާގުޅޭ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޚިދުމަތުގެ ނަންބަރު:171-AE/38/2024/27 (06 އޮކްޓޫބަރ 2024) ގެ ސިޓީއާ ގުޅޭގޮތުން، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ އެ ސެކްޝަނުގެ ނަންބަރު(MEMO)EA/2024/136: މެމޯއަށް، 2024 އޮކްޓޫބަރު 14 ވީ ހޯމަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވާފައިވާ ގޮތުގެމަތިން، ގަވައިދު ގެޒެޓުވުމަށްފަހު 15 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށާއި، އަދި އެ މުއްދަތު ހަމަވާ ހިސާބުން ތަޙްޤީޤު ކުރިއަށް ގޮސްފައިވާ ހިސާބެއް ކޮމިޝަނާއި ޙިއްޞާ ކުރުމަށްވެސް ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

 

   10. ކޮމިޝަނުގެ ޖަލްސާއިން ނިންމަވާ ކަންކަން ވީކްލީ ބްރީފިންގ ގައި ހުށަހެޅުމާގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ތައްޔާރު ކުރައްވައި ކޮމިޝަނަށް ހުށަހަޅަމުން ގެންގޮސްފައިވާ، ކޮމިޝަނުގެ ނިންމެވުންތައް ސެކްޝަންތަކުން ތަންފީޒު ކުރަމުންދާ މިންވަރު ކޮމިޝަނަށް ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލާފައިވީނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް އަނެއްކާވެސް ކޮމިޝަނުގެ ނިންމެވުންތައް ސެކްޝަންތަކުން ތަންފީޒު ކުރަމުންދާ މިންވަރު ކޮމިޝަނަށް ހުށަހެޅުމަށްޓަކައި، ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބާއްވަމުންގެންދާ ހަފްތާގެ އަދާހަމަ (ވީކްލީ ބްރީފިންގ)ގައި، އެޖެންޑާ އައިޓަމްގެ ނަންބަރު 1 ގެ ގޮތުގައި، (ސެކްޝަންތަކުން ބްރީފް ކުރުމުގެ ކުރިން) ކޮމިޝަނުގެ ޖަލްސާތަކުން ނިންމަވާ ނިންމެވުންތައް ތަންފީޒު ވެފައިވާ މިންވަރުގެ އަދާހަމަ ކޮމިޝަނާ ޙިއްޞާ ކުރަމުން ގެންދިއުމަށް، ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
849

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ