ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. ރަޖިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ 2 އެސް.އޯ.ޕީ ފާސްކުރުމާގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކޮށް ހުށަހަޅާފައިވާ، "ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރުން ވަކިކުރުން" (DA/1)، އަދި "ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ އެކަމުގެ ލިޔުން ހޯދުން" (DA/13) މި ދެ އެސް.އޯ.ޕީ، ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.

 

  2. 2024 ޑިސެންބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓަކަށް ނަގާފައިވާ ފަރާތް ބަދަލުކުރުމާގުޅޭޭ.

2024 ޑިސެންބަރު 14 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓަކަށް ހދ.ކުރިނބި، އާދަމް ވަޙީދު ހަމަޖައްސާފައިވީނަމަވެސް، މި ފަރާތާ ޢާއިލީގޮތުން ގުޅުންހުރި ފަރާތެއް އިންތިޚާބުގައި ވާދަކުރައްވާތީ، ބަދަލުގައި ހދ.ކުރިނބި ކައުންސިލް އިދާރާގެ ޢަލީ ރިޔާޟް، 2024 ޑިސެންބަރު 14 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހަމަޖެއްސުމަށް ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  3. 2024 ނޮވެންބަރު 11 އިން 17 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ "ޕާލިމެންޓަރީ ޖެނެރަލް އިލެކްޝަންސް 2024" ގައި ބައިވެރިވުމަށް އެޤައުމުން ފޮނުވާފައިވާ ދަޢުވަތާގުޅިގެން އެ ޤައުމަށް ވަޑައިގަންނަވާނެ މެންބަރުން ކަނޑައެޅުއްވުމާގުޅޭ.

2024 ނޮވެންބަރު 11 އިން 17 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޤައުމުގެ "ޕާލިމެންޓަރީ ޖެނެރަލް އިލެކްޝަންސް 2024" ގައި ދެ ބޭފުޅަކު ބައިވެރިވުމުގެ ދަޢުވަތު، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، މި ދަޢުވަތު ޤަބޫލުކޮށް، ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އަދި ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ސްރީލަންކާގެ "ޕާލިމެންޓަރީ ޖެނެރަލް އިލެކްޝަންސް 2024" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   4. އިންޓްރޮޑަކްޝަން ޓު ވެސްޓްމިންސްޓަރ ފައުންޑޭޝަން އޮފް ޑިމޮކްރަސީ މޯލްޑިވްސް އިން ފޮނުއްވާފައިވާ އީމެއިލްއާގުޅޭ.

2024 ޑިސެންބަރު 08 އިން 10 ގައި އިންޑޮނޭޝިއާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ “The biennial Bali Democracy Forum (BDF) and the annual Bali Civil Society and Media Forum (BCSMF)” ގެ ދަޢުވަތު، އިންޓްރޮޑަކްޝަން ޓު ވެސްޓްމިންސްޓަރ ފައުންޑޭޝަން އޮފް ޑިމޮކްރަސީ މޯލްޑިވްސް އިން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، މި ދަޢުވަތު ޤަބޫލުކޮށް މިކޮމިޝަނުގެ ފަރާތުން އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ހެޑް ޑިރެކްޓަރ ޝަހުލާ އިސްމާޢީލް، މި ދެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް، ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
851

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ