ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

 

 ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

   1. އެން.ސީ.އައި.ޓީ ގެ ޕްރޮޖެކްޓްގެ ދަށުން ހޯދާފައިވާ ހާޑްވެއަރތަކާގުޅޭ.

ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ “Firewall Application” ޕްރޮޖެކްޓްގެ ދަށުން ހޯދާފައިވާ ހާޑްވެއަރތައް އެން.ސީ.އައި.ޓީ އާ ޙަވާލުކުރަން މީގެ ކުރީން ކޮމިޝަނުން ނިންމަވާފައިވީނަމަވެސް، މާލީ ވުޒާރާ އަދި އެން.ސީ.އައި.ޓީ އިން މިއަދާހަމައަށްވެސް މިކަމުގައި ޢަމަލުކުރަންވީގޮތެއް އަދި މި ތަކެއްޗާ ޙަވާލުވުމާމެދު އެއްވެސް ޖަވާބެއް މިކޮމިޝަނަށް ދެއްވާފައިނުވާތީއާއި، އެފް.އައި ފިޔަވައި ބާކީހުރި ހުރިހާ އެއްޗެއްސަކީ މިކޮމިޝަނުގައި ބޭނުންކުރެވޭނެ ތަކެތިކަމުގައި ނުވާތީއާއި، މި ހުރިހާ ތަކެއްޗެއްގެވެސް ޢުމުރު، މި އަހަރުގެ ނިޔަލަށް ހަމަވާތީވެ، މި ތަކެތީގެ ލައިސަންސް ނެގުމުގެ ބަދަލުގައި، ބޭނުންކުރެވޭ ތަކެތި ބޭނުންކުރުމަށްފަހު، ކޮމިޝަނުން ވަކި ގޮތެއް ނިންމަވަންދެން މި ހާޑްވެއަރތައް ޙަވާލުނުކޮށް މިކޮމިޝަނުގައި ބެހެއްޓުމަށް، ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   2. ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅުމުގެ މައްސަލައާގުޅޭޭ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.ޕީ.އެމް) އިން، އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް އަޑުގަދަކޮށް މުޒާހަރާކުރި މައްސަލައާ ގުޅިގެން، މި މައްސަލައަކީ ކޮމިޝަނުން ބައްލަވައި ފިޔަވަޅު އަޅުއްވާފައިވާ މައްސަލައެއްކަމަށްވުމާއި، ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލައިގެ ތަޙްޤީޤް ނިންމައި، ތުހުމަތުކުރެވޭ މީހުންނާމެދު ދަޢުވާކުރުމަށް 2023 އޭޕްރީލް 17 ވަނަ ދުވަހު ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތީވެ، އަދި މި މައްސަލާގައި ދަޢުވާ ކުރުމަށް ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީހުން 2023 މޭ 23 ގައި ޝަރީޢަތަށް ހުށަހަޅުއްވާފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު:171-G(MCI)38/2024/34 ސިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، މި މައްސަލައަކީ ކޮމިޝަނުން ބައްލަވައި ފިޔަވަޅު އަޅުއްވާފައިވާ މައްސަލައެއްކަމަށް، ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. ގަވާއިދު ނަންބަރު 2024/R-103 (މަސައްކަތު މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކައުތެރިކަމުގެ ގަވާއިދު) އާއި ގުޅޭ.

މަސައްކަތު މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކައުތެރިކަމުގެ ގަވާއިދާ ގުޅިގެން، މިކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނާއި، ލީގަލް އެންޑ ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ގޮތުގެމަތިން ކުރުމަށާއި، އަދި މި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އިތުރަށް ކޮމިޝަނުން ސާފުކުރަންޖެހޭ ކަންތައްތައް ސާފު ކުރުމުގެގޮތުން، ލޭބަރ ރިލޭޝަން އޮތޯރިޓީއަށް އެކަމުގެ މަޢުލޫމާތު ލިޔުމުން ފޮނުވުމަށް، ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

  4. 2024 ނޮވެންބަރު 25 އިން 28 އަށް އިންޑޮނީޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ Indonesia’s Simultaneous Regional Election 2024 އޮބްޒަވޭޝަނާ ގުޅޭ.

2024 ނޮވެންބަރު 25 އިން 28 އަށް އިންޑޮނީޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާIndonesia’s Simultaneous Regional Election 2024 އޮބްޒަވޭޝަންގައި އިލެކްޝަންސް ކޮމިޝަނުގެ 2 ބޭފުޅަކު ބައިވެރިވުމަށް ދަޢުވަތު ދެއްވައި، ޖެނެރަލް އިލެކްޝަންސް ކޮމިޝަން އޮފް ދި ރިޕަބްލިކް އޮފް އިންޑޮނީޝިއާ (ކޭ.ޕީ.ޔޫ) އިން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، މި ޕްރޮގްރާމުގައި ތިރީގައި ދަންނަވާފައިއެވާ 2 ބޭފުޅުން ބައިވެރިވެވަޑައިގެންނެވުމަށް ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  - ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް

  - ޑިރެކްޓަރ، އާމިނަތު އަޒީފާ

 

   5. އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހިންގާނެ ޢިމާރާތެއް ހޯދުމާގުޅޭ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިލެކްޝަންސް ކޮމިޝަން ހިނގަމުންދާ ޢިމާރާތް 2024 ޑިސެންބަރު 31 ގެ ނިޔަލަށް ހުސްކުރުމަށް ނޯޓިސް ދީފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހިންގާނެ ޢިމާރާތެއް ހޯދުމަށް އިޢުލާނުކޮށް ބިޑްތައް ނަގާފައިވުމާއެކު އެ މަޢުލޫމާތާއެކު މާލީ ވުޒާރާއަށް ސިޓީއެއް ފޮނުވުމަށާއި، މިގޮތަށް ސިޓީ ފޮނުވާއިރު މިކަމާއި ގުޅިގެން ކުރިން އެ ވުޒާރާއަށް ފޮނުވާފައިވާ ސިޓީތަކުގެ ނަންބަރު ޖެހުމަށާއި، އެ ސިޓީތަކަށްވެސް ޙަވާލާދީ އެ ވުޒާރާއިން ޖަވާބު ލިބިފައިނުވާ ސިޓީތައްވެސް ފާހަގަ ކުރުމަށްފަހު، މި ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭތީ އެ ސިޓީތަކަށް ޖަވާބު ދެއްވޭނެ ދުވަހެއް އަންގަވައި ދެއްވުމަށް ދެންނެވުމަށްވެސް ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

   

   6. އައި.ސީ.ޕީ.އެސް ގެ އެވަރޑް ސެރަމަނީއާގުޅޭ.

2024 ޑިސެންބަރު 15 އިން 18 އަށް ޑޮމިނިކަން ރިޕަބްލިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ސީ.ޕީ.އެސް ގެ އެވަރޑް ސެރަމަނީގައި ބައިވެރިވުމަށް ތަކުރާރުކޮށް އެފަރާތުން މި ކޮމިޝަނަށް ދަޢުވަތު ފޮނުވަމުން ގެންދާތީ، ކޮމިޝަނުގެ ބަޖެޓުން ޚަރަދުކޮށްގެން އެ ސެރަމަނީގައި ބައިވެރިވެވެން ނެތުމާއި، ކޮމިޝަނުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ ދަތުރުތަކާ ގުޅިގެން ކުރިން ކޮމިޝަނުން ސްޓޭންޑެއް ނަންގަވާފައިވާތީ، އެގޮތުގެމަތިން ޢަމަލުކޮށް، އެ ސެރަމަނީގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިނުވާނެކަން އެންގުމަށް ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. ކޮމިޝަނުގެ ނުރަސްމީ ޖަލްސާއާގުޅޭ.

ސެކްޝަންތަކުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވަންޖެހޭ ކަންކަމާއި ގުޅޭގޮތުން ބާއްވާ ޖަލްސާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބާއްވަމުން ގެންދާ ވީކްލީ ބްރީފިންގ ނިމުމަށްފަހު ތާވަލު ކުރުމަށާއި، މިގޮތުން ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރާ ކަންކަން ފާސްކުރުމަށް އެ ހަފްތާގައި ބާއްވާ ކޮމިޝަނުގެ ރަސްމީ ޖަލްސާއަށް ހުށަހަޅައިގެން ފާސް ކުރުމަށް ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
852

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ