ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.

ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އަދި ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ، ޚުޒައިމާ ތައުފީޤް ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ އެމް.އެސް 4 މަޤާމުގައި ހުންނެވި ޚުޒައިމާ ތައުފީޤް އެހެން ވަޒީފާއަކަށް ދިއުމަށްޓަކައި 2024 ނޮވެންބަރު 6 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ނޯޓިސްދީ، 2024 ޑިސެންބަރު 8 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ހުށަހަޅުއްވާފައިވާތީ، މިމުވައްޒަފު އެދިފައިވާގޮތަށް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށާއި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ ހުސްވާ މަޤާމަށް މުވައްޒަފަކު ހޯދަން އިޢުލާނު ކުރުމާމެދު ފަހުގެ ތާރީޚެއްގައި ބޭއްވޭ ކޮމިޝަނުގެ ޖަލްސާއެއްގައި ގޮތެއް ނިންމުމަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   2. 2024 އޮކްޓޫބަރު މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.

2024 އޮކްޓޫބަރު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

 

   3. ޤާނޫނު ނަންބަރު:19/2004 (79/31 ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤަނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު) ގުޅޭ.

ޤާނޫނު ނަންބަރު:19/2024 (79/31 ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ޤަނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ދިރާސާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓު (ޤާނޫނުގައިވާ މުހިއްމު ބައިތައް)، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

އަދި ޤާނޫނު ނަންބަރު:19/2024 (79/31 ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ޤަނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގައި މި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރިކަމެއް ހިމެނިފައިނުވާކަންވެސް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

 

   4. ސިވިލް ކޯޓުގެ ނަންބަރު:2415/Cv-C/2020 (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވ.ދިވެހި ރައްޔިތުންގެ ޕާޓީ) ޤަޟިއްޔާއާ ގުޅޭ.

ސިޔާސީ ޕާޓީގެ ގަވާއިދުގެ 29 ވަނަ މާއްދާގައި ދަރަންޏެއް އުފެދުނުއިރު މާނަކުރާނީ އެ ދަރަނި އެންމެ ފުރަތަމަ އުފެދު ވަގުތަށްކަމާއި، އަދި ކޯޓުން އެ ދަރަނި ސާބިތުވާ ހިސާބުންކަމުގައި، ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި އިސްވެ ދެންނެވުނު ނިންމެވުމާ އެއްގޮތަށް، ލިޔުމުން ސިވިލް ކޯޓަށް ޖަވާބު ދެއްވުމަށްވެސް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   5. ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު، މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށްއެދި ހުށަހަޅާފައިވާ ފޯމާ ގުޅޭ.

2024 ނޮވެންބަރު 07 ގައި ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު (ދ.ރ.އ.ކ ނަންބަރު:(A033020) "މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްއެދި ހުށަހަޅާފައިވާ ފޯމު ބެލިބެލުމުގައި ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ލަފާ ދެއްވާފައިވާތީ، "މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުން މަނާކުރާ ކަމެއްނެތަތީވެ، "މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު (ދ.ރ.އ.ކ ނަންބަރު:(A033020) އަށް ދިނުމަށް، ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

އަދި ގ.ކްރެބްޓްރީ، ޢަލީ އަޙްމަދު (ދ.ރ.އ.ކ ނަންބަރު:(A033020) އަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނުން ހުއްދަ ދެވުނުކަމާއި، ޕާޓީ އުފެއްދުމުގެ އިޖުރާޢާތުތައް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް އަންގައި ލިޔުމަކުން، ޢަލީ އަޙްމަދަށް އެންގުމަށާއި، އަދި މިކަމުގެ މަޢުލޫމާތު ރަސްމީކޮށް ކޮމިޝަނުގެ ސޯޝަލް މީޑިއާ ވަޞީލަތްތަކުން ޢާންމުކުރުމަށްވެސް، ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   6. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރ.އެމް) އުވާލުމާ ގުޅޭ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމާގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ކޮމިޝަނުގެ 5 މެންބަރުން ހަމަވާ ޖަލްސާއަކަށް ހުށަހެޅުމަށް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   7. ޤާނޫނު ނަންބަރު2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނުމުގެ ޤާނޫނު، ޤާނޫނު ނަންބަރު2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އަދި ޤާނޫނު ނަންބަރު99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ.

ޤާނޫނު ނަންބަރު2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނުމުގެ ޤާނޫނު، ޤާނޫނު ނަންބަރު2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އަދި ޤާނޫނު ނަންބަރު99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

އަދި ޤާނޫނު ނަންބަރު2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނުމުގެ ޤާނޫނު، ޤާނޫނު ނަންބަރު2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އަދި ޤާނޫނު ނަންބަރު99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި މި ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅުންހުރިކަމެއް ހިމެނިފައިނުވާކަންވެސް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
853

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ
  • ފާޠިމަތު ޝަބާ ބާޤިރު

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ