ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ. މިޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އެވެ.

ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު ހުންނެވީ ޗުއްޓީގައެވެ. އަދި ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު ހުންނެވީ ސަލާމުގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. ޢާއިޝަތު ސުމައިނާ ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި ހުށަހަޅާފައިވާ މައްސަލައާގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ އީ.އެކްސް 1 މަޤާމުގައި ހުންނެވި ޢާއިޝަތު ސުމައިނާ ރާއްޖެއިން ބޭރަށް ބަދަލުވުމަށްޓަކައި 2024 ނޮވެންބަރު 13 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ނޯޓިސްދީ، 2024 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ހުށަހަޅުއްވާފައިވާތީ، މިމުވައްޒަފު އެދިފައިވާގޮތަށް ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

2. 2024 ޑިސެންބަރު 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓު ފާސްކުރުމާގުޅޭ.

2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ އޮފިޝަލުންގެ ލިސްޓު، ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   3. ހދ.ކުރިނބީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވައިވާ އެވެއަރނަސް ޕްރޮގްރާމުގެ ޕްލޭން ފާސްކުރުމާގުޅޭ.

2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށްފަހު، ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހޭލުންތެރި ކުރުމުގެ ޙަރާތްތަކުގެ ޕްލޭން އަދި ބަޖެޓު ސިވިކް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތުގެމަތީން ފާސްކުރެއްވުމަށް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި 2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހދ.ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް މި ކޮމިޝަނުން އެ ރަށަށް ވަޑައިގަންނަވާ ތިރީގައި ދަންނަވާފައިއެވާ އޮފިޝަލުން އެވެއަރނަސް ޕްރޮގްރާމް ހިންގުމުގައި ޙަރަކާތްތެރިވާގޮތަށްވެސް ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

1.      ވޯޓުލާ މަރުކަޒުގެ ވެރިޔާ، ފާޠިމަތު ޒުހުދާ

2.      ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ، ޙަސަން ރަފްޙާން

3.      ކިއުނަންބަރު ދޫކުރާ އޮފިޝަލް، މުޙައްމަދު ޢާއިޝް ޙުސައިން

 

  4. ހުޅުމާލެ، ފްލެޓް ނަންބަރު:03-2-12 / ކ.މާލެ، މުޙައްމަދު ރަޝީދަށް ނޭނގި، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށްބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުއްވާފައިވާ ސިޓީއާގުޅޭ.

ހުޅުމާލެ، ފްލެޓް ނަންބަރު:03-2-12 / ކ.މާލެ، މުޙައްމަދު ރަޝީދު، (އައިޑީ ކާޑު ނަންބަރުA027488) އަށް ނޭނގި، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށްބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފައިވާ ތަޙްޤީޤަށް ސާބިތުވާ ކަމެއްކަމަށް މި ކޮމިޝަނަށް އަންގަވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ ގެ ރަޖިސްޓްރަރވެސް 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   5. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރ.އެމް) އުވާލުމާގުޅޭ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އުވާލުމާގުޅޭގޮތުން ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ މައްސަލަ ކޮމިޝަނުގެ 5 މެންބަރުން ހަމަވާ ޖަލްސާއަކަށް ހުށަހެޅުމަށް ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާތީ، މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ހަމަނުވާތީ، މިއައިޓަމް 5 މެންބަރުން ހަމަވާ ޖަލްސާއަކަށް އަލުން ތާވަލުކުރުމަށް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   6. ޤާނޫނު ނަންބަރު:2024/24 (ޤާނޫނު ނަންބަރު:2013/4 ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ކޮމިޝަނާ ޙިއްޞާ ކުރުމާގުޅޭ.

ޤާނޫނު ނަންބަރު:2024/24 (ޤާނޫނު ނަންބަރު:2013/4 ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާގޮތަށް ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކޮށްފައެވެ.

ޤާނޫނުގެ މާއްދާ

އިޞްލާޙުކޮށްފައިވާ ގޮތް

10. ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަ ނުކުރުން.

(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީނަމަވެސް، ސިޔާސީ ޕާޓީ އެއްގައި ރަޖިސްޓަރ ކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މީހެއްގެ ކެންޑިޑެސީ ބާޠިލު ކުރަންވާނެއެވެ.

10. ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަ ނުކުރުން.

 

މި މާއްދާ އުނިކުރުން.

20. ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ށ)  ޕާޓީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ޤާނޫނުގެ ޖަދުވަލު ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، މި މާއްދާގެ (ނ) ގައި ބުނެފައިވާ ރަޖިސްޓަރީ ފީއާ އެކުގައެވެ.

20. ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ށ) ޕާޓީއެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ ފޯމު މެދުވެރިކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ރަޖިސްޓަރީ ފީއާއެކުގައެވެ.

 

 

 

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ. އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ލިޔެކިޔުން އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(1) ޕާޓީއަށް ކިޔަން ހުށަހަޅާ ނަން؛

 

 

 

(2) އެޑްރެސް އަދި ގުޅޭނެ ގޮތްތައް؛

(3) ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މީހާގެ މަޢުލޫމާތު؛

(4) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެނޫންވެސް މަޢުލޫމާތު.

 

 

 

(ބ) މި މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މަޢުލޫމާތު ވާންވާނީ، މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން ބަލަންޖެހޭ ކަންކަމަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތަށެވެ.

 

 

 

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފޯމު އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ޢާންމުންނަށް ލިބެން ހުންނަންވާނެއެވެ. އަދި އެ ފޯމަށް ބަދަލެއް ގެނެވޭ ޙާލަތުގައި، އެ ބަދަލެއް ޢާންމުކޮށް އަންގަންވާނެއެވެ.

30. ސިޔާސީ ޕާޓީއެއް އުވާލުން

(ހ) (4) 5 (ފަހެއް) އަހަރަކުން 1 (އެކެއް) ފަހަރު ޕާޓީގެ ޤައުމީ ބައްދަލުވުމެއް ނުބޭއްވުން.

30. ސިޔާސީ ޕާޓީއެއް އުވާލުން

މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

35. ދައުލަތުގެ ބަޖެޓުން ދޭ ފައިސާ

ސިޔާސީ  ޕާޓީ  ހިންގުމަށް  ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އާއި    0.2% (ސުމެއް ޕޮއިންޓް ދޭއް އިންސައްތަ) އާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެއެވެ.

35. ދައުލަތުގެ ބަޖެޓުން ދޭ ފައިސާ

ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. އަދި އެގޮތުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އާއި 0.2% (ސުމެއް ޕޮއިންޓް ދޭއް އިންސައްތަ) އާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެއެވެ.

49. އަދަބު

(ހ)

(2) މި މާއްދާގެ (ހ) ގެ (1) ފިޔަވައި މި ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 (ތިރީސް ހާސް) ރުފިޔާއާއި 75,000 (ހަތްދިހަފަސް ހާސް) ރުފިޔާއާ ދެމެދުގެ ޢަދަކުން ޖޫރިމަނާކުރުން.

49. އަދަބު

(ހ)

(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ފިޔަވައި މި ޤާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް

-/30,000 (ތިރީސް ހާސް) ރުފިޔާ އާއި -/75,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ޢަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް        -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.

53. ޖަދުވަލަކީ ޤާނޫނުގެ ބައެއް ކަމަށް ކަނޑައެޅުން

މި ޤާނޫނުގެ ޖަދުވަލަކީ މި ޤާނޫނުގެ މުހިންމު ބައެކެވެ. މި ޤާނޫނު ފުރިހަމަވާނީ، އެ ޖަދުވަލާ އެކީގައެވެ.

53. ޖަދުވަލަކީ ޤާނޫނުގެ ބައެއް ކަމަށް ކަނޑައެޅުން

އުނިކުރުން

  7.  2024 ނޮވެންބަރު 25 އިން 28 އަށް އިންޑޮނީޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ Indonesia’s Simultaneous Regional Election 2024 އޮބްޒަވޭޝަން ދަތުރު ކެންސަލް ކުރުމާގުޅޭ.

2024 ނޮވެންބަރު 25 އިން 28 އަށް އިންޑޮނީޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ Indonesia’s Simultaneous Regional Election 2024 ގައި ބައިވެރިވުމުގެ ދަޢުވަތު، ޖެނެރަލް އިލެކްޝަންސް ކޮމިޝަން އޮފް ދި ރިޕަބްލިކް އޮފް އިންޑޮނީޝިއާ (ކޭ.ޕީ.ޔޫ) އިން މިކޮމިޝަނަށް ފޮނުއްވާފައިވާތީ، މި ޕްރޮގްރާމުގައި ކޮމިޝަނުގެ ފަރާތުން މެންބަރު، މުޙައްމަދު ޢާޞިފް އަދި ޑިރެކްޓަރ، އާމިނަތު އަޒީފާ ބައިވެރިވެރިވުމަށް ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ. އަދި މި ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސް އިން ދެއްވާފައިވީނަމަވެސް، ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ފައިނޭންސް ސެކްޝަނުގައި ރިކްއެސްޓް ކުރުމުން، ކޮމިޝަނުގެ ބަޖެޓުގެ މުސާރަ ކޯޑުތައް ފިޔަވައި ރިކަރެންޓް ކޯޑުތަކުން ފައިސާ ހަމަޖައްސަވައި ދެއްވެން ނެތްކަމަށް ފައިނޭންސް ސެކްޝަނުން  ޕްރޮކިއުމަންޓް ސެކްޝަނަށް އަންގަވާފައިވާތީއާއި، މިދަތުރުގެ ޚަރަދުތައް ބަޖެޓުން ކުރެވެންނެތުމުން، ދަތުރު ކެންސަލް ކުރުމަށާއި، އެކަން ދަޢުވަތު ހުށަހެޅިފަރާތަށާއި، އަދި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކަށް އެންގެވުމަށްވެސް، ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި ކުރިއަށްއޮތްތަނުގައި މިގޮތަށް އަންނަ ދަތުރުތަކުގައި ދިއުމަށް ކޮމިޝަނުން ނިންމާ ހިސާބުން ކޮމިޝަނަރސް ބިއުރޯއިން،  އިންޓަރނޭޝަނަލް ކޮމިއުނިކޭޝަންތައް ކުރަންވާނީ ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކުރިން ފައިނޭންސް ސެކްޝަނުން ކޮމިޝަނުގެ ބަޖެޓުން އެ ދަތުރެއްގެ ޚަރަދުތައް ކުރެވެންއޮތްތޯ ބެލުމަށްފަހުގައިކަމަށްވެސް ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
854

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ