ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

   1. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކުނެގުމާ ގުޅޭ.

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ކޮމިޝަނުގެ 5 މެންބަރުން ހަމަވާ ޖަލްސާއަކަށް އަލުން ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  2. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކުރުމާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4) ގެ މަޤާމު ހުސްވެފައިވާތީވެ، ހުސްވެފައިވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް އަންގާ އިޢުލާނު ކުރުމަށް (އޮފީހުން ބޭރަށް)، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  3. ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ (އީ.އެކްސް 1) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކުރުމާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ (އީ.އެކްސް 1) ގެ މަޤާމު ހުސްވެފައިވާތީވެ، ހުސްވެފައިވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ޢާންމުކޮށް އަންގާ އިޢުލާނު ކުރުމަށް (އޮފީހުން ބޭރަށް)، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   4. ކޮމިޝަނުގެ އޮނިގަނޑަށް 2024 ވަނަ އަހަރަށް އިތުރު ކޮށްފައިވާ 3 މަޤާމާ ގުޅޭ.

 · ޑިރެކްޓަރ ޖެނެރަލް (އީ.އެކްސް 5) ގެ 2 މަޤާމު

 · ސީނިއަރ އޮފިސަރ (އެމް.އެސް 1) ގެ 1 މަޤާމު

އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް އިތުރުކޮށްފައިވާ ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް އަދި އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ 2 މަޤާމަށް މުވައްޒަފުން ހޯދުމަށް އިޢުލާނު ކުރުމުގެ ހުއްދައަށްއެދި މާލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ހުއްދައާއި ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ކޮންޓެންޓް ކްރިއޭޓަރގެ މަޤާމުގެ ހުއްދަ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްވުމުގެ ކުރިން ދެވެން ނެތްކަމަށާއި، އެގޮތުން އަންނަ އަހަރުގެ ބަޖެޓް ފާސްވުމުން އަލުން ހުއްދައަށް އެދުމުން ރިވިއު ކުރައްވާނެކަމަށް އެ ވުޒާރާއިން އަންގަވައި، އެ ދެ މަޤާމުގެ ހުއްދަ އެ ވުޒާރާއިން ރިޖެކްޓް ކުރުމާ ގުޅިގެން، 2025 ވަނަ އަހަރުގެ ބަޖެޓު ފާސްވުމުން އަލުން އެ ދެ މަޤާމުގެ ހުއްދައަށް އެދުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  5. 2022 އަދި 2023 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިޝަނުން މިންމަވާފައިވާ، 12 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި މާލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ހުއްދަތައް ރިޖެކްޓް ކުރުމާ ގުޅޭ.

2022 އަދި 2023 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ 12 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި، މާލީ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ހުއްދަތައް އެ ވުޒާރާއިން ރިޖެކްޓް ކުރައްވައި، 2025 ވަނަ އަހަރުގެ ބަޖެޓް ފާސްވުމުގެ ކުރިން އެއްވެސް އައު މަޤާމެއް އުފެއްދުން ނުވަތަ ކުރިއެރުން ދިނުންފަދަ އެއްވެސް ހުއްދައެއް ނުދެއްވޭނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓް ފާސްވުމުން މި މަޤާމުތަކުގެ ހުއްދައަށް އެދުމުން އަލުން ރިވިއު ކުރައްވާނެކަމަށް އެ ވުޒާރާއިން އަންގަވާފައިވާތީ، 2025 ވަނަ އަހަރުގެ ބަޖެޓު ފާސްވުމުން، 2022 އަދި 2023 ވަނަ އަހަރުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ 12 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި، އަލުން ހުއްދައަށް އެދުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   6. ފައިނޭންސް އެސިސްޓެންޓް ޑިރެކްޓަރ، ޢަބްދުލްޙަސީބް އިސްމާޢީލް ވަޒީފާއިން ވަކިވުމަށްއެދި ހުށަހަޅާފައިވާ ފޯމާ ގުޅޭ.

ފައިނޭންސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ، (އެމް.އެސް 3) މަޤާމުގައި ހުންނެވި ޢަބްދުލްޙަސީބް އިސްމާޢީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން، 2024 ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރެއްވުމަށް އެދިފައިވާތީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޢަބްދުލްޙަސީބް އިސްމާޢީލް ވަޒީފާއިން ވަކިކުރެއްވުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން ފައިނޭންސް ސެކްޝަނުން ހުސްވެފައިވާ، އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، ކޮމިޝަނުގެ ތެރެއަށް ހުޅުވާލުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  7. ޑިރެކްޓަރ ޢާއިޝަތު ސުމައިނާ ވަޒީފާއިން ވަކިކޮށްދެއްވުމަށް ނިންމަވާފައިވާތީ، ޢާއިޝަތު ސުމައިނާ ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓީތަކުގެ ހުސްވާ މަޤާމުތަކާ ގުޅޭ.

ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާ ކޮމިޝަނުގެ ވަޒީފާއިން ވަކިވެ ވަޑައިގަންނަވާފައިވާތީ، ޢާއިޝަތު ސުމައިނާ ފުރުއްވަމުން ގެންދެވި އަންނަނިވި ކޮމިޓީތަކުގެ މަޤާމުތަކަށް ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން މުވައްޒަފުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

· ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ހެޑަކަށް މުވައްޒަފަކު ހަމަޖެހެންދެން، ހިއުމަން ރިސޯސް ޕެނަލްގެ ޢާންމު މެންބަރެއްގެ ގޮތުގައި، އެ ސެކްޝަނުގެ ސީނިއަރ ލީގަލް އޮފިސަރ، ސިނާޔާ ޒަކަރިއްޔާ ހަމަޖެއްސެވުން.

· ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ (މުޤައްރިރު) ގެ މަޤާމަށް، ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިންގެ ތިންވަނަ ބާބުގެ (ހ)ގައި ޤާނޫނީ ދާއިރާއިން ތަޢުލީމާއި ތަމްރީން ލިބިފައިވާ މުވައްޒަފަކު އައްޔަކުރުމަށް ބަޔާންކޮށްފައިވުމާއެކު، ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ (މުޤައްރިރު) ގެ މަޤާމަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ސީނިއަރ ލީގަލް އޮފިސަރ، ސިނާޔާ ޒަކަރިއްޔާ ހަމަޖެއްސެވުން.

 

   8. ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ، މުޙައްމަދު ޢާއިޝް ޙުސައިންގެ ޕްރޮބޭޝަން ރިޕޯޓާ ގުޅޭ.

ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ، މުޙައްމަދު ޢާއިޝް ޙުސައިން، ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދެންނެވިފައިވާ މުވައްޒަފު، ދާއިމީ ކުރުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   9. ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަން އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ އާމިނަތު ރައްޔާ، ފުނަމާގެ، ކ.މާފުށި، A381315 ކޮމިޝަނަރސް ބިއުރޯގެ ފޮރިން ރިލޭޝަންސް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

  10. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަހުންމަހަށް ފައިސާ ކަނޑައިގެން ފައިސާ ޖަމާކުރުމަށް ފަރުމާކޮށް އެކުލަވާލާފައިވާ ޙައްޖު ސްކީމްގައި ބައިވެރިވުމާ ގުޅޭ.

މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ފަރާތުން ދިވެހި މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަހުންމަހަށް ފައިސާ ކަނޑައިގެން ފައިސާ ޖަމާކުރުމަށް ފަރުމާކޮށް އެކުލަވާލާފައިވާ ޙައްޖު ސްކީމާގުޅޭގޮތުން، މި ކޮމިޝަނުގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް 2024 ޑިސެންބަރު 5 ގައި ބޭއްވިފައިވާތީއާއި، މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަނުން މި ސްކީމްގައި މުވައްޒަފުން ބައިވެރި ކުރުމަށްޓަކައި ތައްޔާރުކޮށް 2024 ޑިސެންބަރު 8 ގައި މި ކޮމިޝަނަށް އީމެއިލްކޮށްފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން އެކަމަށްއެދޭ މުވައްޒަފުންނާއި، މުވައްޒަފުންގެ ޑިޕެންޑެންޓުން މި ސްކީމުގައި ބައިވެރި ކުރުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

   11. ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކޮމިޓީ ގެ ހުސްވެފައިވާ މަޤާމާގުޅޭ.

ފައިނޭންސް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ، މަޤާމުގައި ހުންނެވި ޢަބްދުލްޙަސީބު އިސްމާޢީލް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް 2024 ޑިސެންބަރު 16 ވަނަ ދުވަހު އައްޔަނު ކުރެއްވުމާއި ގުޅިގެން، ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކޮމިޓީގެ ޢާންމު މެންބަރުގެ މަޤާމު ހުސްވެފައިވާތީ، ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކޮމިޓީ ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން އަލުން އެކުލަވާލުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކޮމިޓީ ލިސްޓް އެއްކަރުދާސްކުރެވިފައި

 

   12.  ސެކްޝަންތަކުން އަލަށް ތައްޔާރުކޮށްފައިވާ އެސް.އޯ.ޕީތައް ފާސްކުރުމާ ގުޅޭ.

ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާއިން ފާސްކުރައްވާފައިވާ 218 އެސް.އޯ.ޕީގެ އިތުރުން، ސިވިކް އެޑިއުކޭޝަން ސެކްޝަނުން އަލަށް ތައްޔާރުކޮށްފައިވާ 17 އެސް.އޯ.ޕީ އާއި އެޗް.އާރު ސެކްޝަނުގެ 2 އެސް.އޯ.ޕީ އަދި ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ތިރީގައި ދަންނަވާފައިއެވާ އެސް.އޯ.ޕީތައް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސް ކުރުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • އެސް.އޯ.ޕީތަކުގެ ލިސްޓް އެއްކަރުދާސްކުރެވިފައި

 

   13.  2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ޚަރަދު ރިޕޯޓާ ގުޅޭ.

2024 ނޮވެންބަރު މަހުގެ ޚަރަދު ރިޕޯޓު ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވާފައެވެ.

 

  14.  2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަހު (2024 ނޮވެންބަރު 26) ނިޔަލަށް ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި ޢަދަދާ ގުޅޭ.

2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަހުގެ (2024 ނޮވެންބަރު 26) ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ފޯމުތައް ޕްރޮސެސްކޮށް ނިމުނުއިރު، ސިޔާސީ ޕާޓީތަކުގައި މެންބަރުންތިބި ޢަދަދުކަމަށް ރަޖިސްޓްރޭޝަން ސެކްޝަނުން ހުށަހަޅުއްވާފައިވާ ލިސްޓު ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާކޮށްފައެވެ.

 

އަދި 2025 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި ފަހުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އުވާލުމަށް އެ ޕާޓީން ނިންމަވާފައިވުމާއި ގުޅިގެން، ކޮމިޝަނުން މި މަޢުލޫމާތު ޢާންމުންނަށް ދޭއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ފައިސާދޭ ޢަދަދަށް މެންބަރުން ހަމަވާކަމަށާއި، އެހެންނަމަވެސް އެ ޕާޓީ އުވާލަން ނިންމަވާފައިވާތީ އެ މަޢުލޫމާތާއެކު ޙިއްޞާ ކުރުމަށްވެސް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • ލިސްޓް އެއްކަރުދާސްކުރެވިފައި

 

  15. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްތިޢުފާއާ ގުޅިގެން، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްތިއުފާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މި ކޮމިޝަނަށް އަންގަވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް 2025 ފެބުރުވަރީ 8 ވަނަ ދުވަހު ބައި-އިލެކްޝަންތައް ބޭއްވުމަށާއި، މި ބައި-އިލެކްޝަންތަކަށް 2024 ޑިސެންބަރު 22 ވަނަ ދުވަހު އިޢުލާނު ކުރުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތައް:

1. ފ.ބިލެތްދޫ ކައުންސިލްގެ ބައި-އިލެކްޝަން

2. ނ.ލަންދޫ ކައުންސިލްގެ ބައި-އިލެކްޝަން

3. ހދ.މަކުނުދޫ ކައުންސިލްގެ ބައި-އިލެކްޝަން

4. ރ.ފައިނު ކައުންސިލްގެ ބައި-އިލެކްޝަން

5. ހދ.އަތޮޅު ކައުންސިލްގެ ބައި-އިލެކްޝަން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތައް:

1. ށ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

2. ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

3. ށ.ނޫމަރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

4. ރ.އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

5. ހދ.ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

6. ހދ.ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

7. ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

8. ބ.ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

9. އދ.ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

10. ވ.ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

11. ބ.ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

12. ބ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

13. ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

14. ގދ.ރަތަފަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

15. ކ.ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

16. ނ.ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

17. މ.މުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

18. ރ.އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

19. ލ.އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

20. ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

21. ގއ.ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

22. ބ.ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

23. ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

24. މ.މަޑުއްވަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

25. ނ.ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

26. ރ.ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން.

27. ގއ.ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

28. ތ.ބުރުނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

 

  16.  ރ.ރަސްމާދޫ، ފީރޯޒްވިލާ މުޙައްމަދު ޙަމީދު (އައިޑީ ކާޑު ނަންބަރުA045516) އަށް ނޭނގި، "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށްބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް މުޙައްމަދު ޙަމީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ.

ރ.ރަސްމާދޫ، ފީރޯޒްވިލާ މުޙައްމަދު ޙަމީދު (އައިޑީ ކާޑު ނަންބަރުA045516) އަށް ނޭނގި، "ޢަދާލަތު ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށްބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް މުޙައްމަދު ޙަމީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:171-G(ECI)38/2024/31 ސިޓީއިން، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފައިވާ މި މައްސަލައަކީ ތަޙްޤީޤަށް ސާބިތުވާ ކަމެއްކަމަށް އެ ޚިދުމަތުން މި ކޮމިޝަނަށް އަންގަވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލައި، ޢަދާލަތު ޕާޓީ 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، އަދި ޢަދާލަތު ޕާޓީ ގެ ރަޖިސްޓްރަރ 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   17. ސ.ފޭދޫ، އާފަރު، އަޙްމަދު ޒަފަރު (އައިޑީ ކާޑު ނަންބަރު:A063341) އަށް ނޭނގި "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ

ސ.ފޭދޫ، އާފަރު، އަޙްމަދު ޒަފަރު (އައިޑީ ކާޑު ނަންބަރު:A063341) އަށް ނޭނގި "ޖުމްހޫރީ ޕާޓީ" ގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތަށް އަޙްމަދު ޒަފަރު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން މި ކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:171-G(ECI)38/2024/33 ސިޓީއިން، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފައިވާ މި މައްސަލައަކީ ތަޙްޤީޤަށް ސާބިތުވާ ކަމެއްކަމަށް އެ ޚިދުމަތުން މި ކޮމިޝަނަށް އަންގަވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލައި، ޖުމްހޫރީ ޕާޓީ 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، އަދި ޖުމްހޫރީ ޕާޓީ ގެ ރަޖިސްޓްރަރ 5,000/-ރ. (ފަސްހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   18. ޤާނޫނު ނަންބަރު:2024/25 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ.

ޤާނޫނު ނަންބަރު:2024/24 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

   19. ޤާނޫނު ނަންބަރު:2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ.

ޤާނޫނު ނަންބަރު:2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

   20. ޖިނާޢީ ތަޙްޤީޤް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދާ ގުޅޭ.

ޖިނާޢީ ތަޙްޤީޤު ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެގޮތުގެ ގަވާއިދަށް ރައީސް އޮފީހުން ކޮމެންޓުކުރައްވާފައިވާ ކަރުދާހަށް ރިޔާޢާތްކުރެއްވުމަށްފަހު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހަޅާފައިވާ ކޮމެޓުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

   21. ޤާނޫނު ނަންބަރު:2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނުނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ.

ޤާނޫނު ނަންބަރު:2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

  22. މޯލްޑިވްސް ނެޝަނަލް ޕާޓީއާއި އެ ޕާޓީގެ ރަޖިސްޓްރަރ ޖޫރިމަނާ ކުރުމާ ގުޅިގެން، އެ ޕާޓީން މި ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ނަންބަރު:MNP/L/2024/046 ސިޓީއާ ގުޅޭ.

ޤާނޫނު ނަންބަރު:2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި އެ ޕާޓީގެ ރަޖިސްޓްރަރ އާމިނަތު ނުޒުލާ (A314865) 5,000/-ރ. (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ގުޅިގެން، 2024 ނޮވެންބަރު 26 ގައި މޯލްޑިވްސް ނެޝަނަލް ޕާޓީން މި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީން ހޯދުމަށް އެދިވަޑައިގެންފައިވާ މަޢުލޫމާތުތައް އެ ޕާޓީއަށް ދިނުމަށާއި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ކަންކަމާއި އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، އެ ޕާޓީއަށް ފޯމުގެ ކޮޕީއެއް ދިނުން އެންމެ ރަނގަޅު ކަމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   23. އަލަށް ތަޞްދީޤުކުރެވޭ ޤާނޫނު ނަންބަރު:2024/28 (އަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނު) އާ ގުޅޭ.

ޤާނޫނު ނަންބަރު:2024/28 (އަރބަން ޑިވެލޮޕްމަންޓްގެ ޤަނޫނު) ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

  24. އަލަށް ތަޞްދީޤުކުރެވޭ ޤާނޫނު ނަންބަރު:2024/29 (ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނު) އަދި ޤާނޫނު ނަންބަރު:2024/30 (ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު) އާ ގުޅޭ.

ޤާނޫނު ނަންބަރު:2024/29 (ދައުލަތުގެ ދަރަންޏާބެހޭ ޤަނޫނު) ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.

 

   25.  ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމާ ގުޅޭ.

ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށްޓަކައި، 2024 ޑިސެންބަރު 2 ގައި ބޭއްވި އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމުގައި ބައިވެރިވި 42 (ސާޅީސް ދޭއް) މެންބަރުންގެ އިއްތިފާޤުން އެ ޕާޓީ އުވާލުމަށް ނިންމަވައި އެކަން މި ކޮމިޝަނަށް އަންގަވާފައިވާތީ، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ފާހަގަ ކުރައްވާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، މި ކޮމިޝަނަށް އެންގެވުމަށް އެ ޕާޓީއަށް ދެންނެވުމަށާއި، އެ ޕާޓީ އުވާލަން ނިންމެވުމާއި ގުޅިގެން މިހިނދުން ފެށިގެން ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް އަދި އެއްވެސް ފަރާތަކާއި އެއްވެސް މުޢާމަލާތެއް ކުރުން މަނާކުރެވިފައިވާކަން އެ ޕާޓީއަށް ސިޓީއަކުން ދެންނެވުމަށް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަދި މިކަން ޢާންމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެންގުމަށްޓަކައި ޢާންމު އިޢުލާނެއް ކުރުމަށާއި، އެ އިޢުލާނުގައި ޕީ.ޕީ.އެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމަވައި އެކަން މި ކޮމިޝަނަށް އަންގަވާފައިވާތީ، އެކަމާގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން މި ކޮމިޝަނުން ފުރިހަމަކުރަމުން ދާކަމާއި އެކަންކަން ފުރިހަމަވުމުން ސިޔާސީ ޕާޓީގެ ދަފްތަރުން ޕީ.ޕީ.އެމް އުނިކުރެވޭނެކަމާއި، އެހެންނަމަވެސް އެ ޕާޓީ އުވާލުމަށް ނިންމެވުމާއި ގުޅިގެން ޕީ.ޕީ.އެމްގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުން މިހިނދުން ފެށިގެން މަނާކުރެވިފައިވާކަމާއި، ޕާޓީއާގުޅޭ އެއްވެސްކަމެއް އޮތްނަމަ އެކަމެއް ޕާޓީއާ ގުޅިގެންކޮށް ނިންމުމަށްވެސް އެ އިޢުލާނުގައި ބަޔާން ކުރުމަށްވެސް، ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

 

   26.  އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭނާ ގުޅޭ.

އިންޓަރނަލް އޮޑިޓް ސެކްޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ އޮޑިޓް ޕްލޭން އިންޓަރނަލް އޮޑިޓުން ހުށަހަޅުއްވާފައިވާ ގޮތަށް ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.

އަދި އިންޓަރނަލް އޮޑިޓަރގެ ބޮޑު ފޯކަސް ވެނިމިފައިހުރި ކަންކަން ބަލައި އެއަށް ގޮތެއް ކިއުމުގެ ބަދަލުގައި، ކަންކަން ކުރިއަށް ރާވާފައިހުރި ގޮތަކީ ކޮބައިކަމާއި، ޕްލޭން އޮތީ ކިހިނެތް ކޮން ތާވަލެއްގެ ދަށުންކަމާއި، ކަމެއް ނިމުމުން އެކަމެއް ބެލުމުގެ ބަދަލުގައި ކޮމިޝަނުގައި ހިނގާ ޕްރޮސެސްތަކަށް ޕްރިވެންޓިވް މެޝަރސް ނެގޭނެގޮތަކަށް ބަލައި، އެގޮތަކަށް ކުރިއަށް ދިއުމަށްވެސް ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
855

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައް

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ