ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

 

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

  1. 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދޭ ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށް ދިނުމަށްއެދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ފޮނުވާފައިވާ ނަންބަރު:MDP/2024/94 ސިޓީއާ ގުޅޭ

2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑި 2025 ޖަނަވަރީ 06 ވަނަ ދުވަހަށް ހަވާއިރު، މީލާދީ އައު އަހަރާ ގުޅިގެން ސަރުކާރު ބަންދުދުވަސްތަކެއް އަންނާތީވެ، މި ބަންދު ދުވަސްތަކުގައިވެސް އިސްވެ ދެންނެވުނު ބައި-އިލެކްޝަންގެ ބޭނުމަށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްދެއްވުމަށް އެދިވަޑައިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މިކޮމިޝަނުން ފޮނުވި މިކޮމިޝަނުގެ ނަންބަރު:38-AC/198/2024/04 ސިޓީއާ ގުޅިގެން، މިކޮމިޝަނުން އެދިފައިވާ ގޮތުގެމަތީން، 2025 ފެބުރުވަރީ 8 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގެ ބޭނުމަށް ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމުގެ މަސައްކަތް މީލާދީ އައު އަހަރާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ އެޑްމިނިސްޓްރޭޝަންގެ ނަންބަރު:198-Q/38/2024/3 ސިޓީއިން މިކޮމިޝަނަށް އަންގަވާފައިވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދޭ ފޯމު ހުށަހެޅުމުގެ ވަގުތު އިތުރު ކޮށްދެއްވުންއެދި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިކޮމިޝަނަށް ފޮނުއްވާފައިވާ އެ ޕާޓީގެ ނަންބަރު:MDP/2024/94 ސިޓީއިން ބަޔާންކޮށްފައިވާ ކަންބޮޑުވުމަށް ޙައްލު ލިބިފައިވާތީ، އިސްވެ ދެންނެވުނު ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށް ދެވެން ނެތްކަމަށް، އިންތިޚާބާ ގުޅިގެން ބޭއްވެވި 482 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
482

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • އާމިނަތު އަޒީފާ

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 853 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 852 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 851 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 850 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 849 ވަނަ ޢާންމު ޖަލްސާ